މޫނު ބުރުގާ މައްސަލާގައި ސިވިލް ކޯޓުން ކުރި ޙުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
މޫނު ބުރުގާގެ މައްސަލާގައި ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިޢުނާފުކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުންވެސް ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށްފިއެވެ.
އަރައްބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅައިގެން ތަޢުލީމު ހާސިލްކުރަމުންދާ ބައެއް ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކޮށް، މޫނު ނަގަން އެންގިކަމަށް ބުނެ ބައެއް ބެލެނިވެރިން ވަނީ މިއަހަރުގެ އެޕްރީލް މަހު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު 28 ގައި އެޑިއުކޭޝަން މިނިސްޓްރީން އަރައްބިއްޔާ ސްކޫލަށް ފޮނުވި ސިޓީއެއްގައި ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެއަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް އެދިފަވެއެވެ. ނަމަވެސް މޫނު ބުރުގާ އަޅާކުދިން ވަކިން ހާޒިރުކޮށް، އެކުދިންގެ ނަންތައް ނޯޓުކޮށްފައިވާކަމަށާއި، ސްކޫލުގެ ލީޑިން ޓީޗަރުންނާއި ބައެއް ޓީޗަރުން ކުދިން ވަކިން ގެންގޮސްގެން ވެސް މޫނު ބުރުގާ ނެގުމަށް ވާހަކަ ދައްކާ ހަދާ ކަމަށް ބެލެނިވެރިން ވަނީ ތުހުމަތުކޮށްފައެވެ.
އިސްތިޢުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލާގައި ބެލެނިވެރިން އެދިފައިވަނީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުމުގެ ފުރުޞަތު އެކުދިންނަށް ދިނުމަށާއި، އެއްވެސް ގޮތަކުން ސްކޫލަށްގޮސް ތަޢުލީމު ހާސިލްކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއަށާއި އަރަބިއްޔާ ސްކޫލުގެ އިސްވެރިންނަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލާގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުމަށާއި ތަޢުލީމު ހާސިލްކުރުމަށް އެއްވެސް ކުއްޖަކަށް މަނާކޮށްފައި ނުވާނެކަމަށެވެ.
ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިޢުނާފުކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުންގެ ފަނޑިޔާރު ޙަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްގެ އިއްތިފާޤުން ވަނީ ދަށު ކޯޓުގެ ވަގުތީ އަމުރާ މެދު ނިންމި ގޮތް ބާތިލްކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ނިންމާފައެވެ.
މި މައްސަލާގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުމަށާއި ތަޢުލީމު ހާސިލްކުރުމަށް އެއްވެސް ކުއްޖަކަށް މަނާކޮށްފައި ނުވާނެކަމަށެވެ.
ނަމަވެސް މޫނު ބުރުގާ އަޅާކުދިން ވަކިން ހާޒިރުކޮށް، އެކުދިންގެ ނަންތައް ނޯޓުކޮށްފައިވާކަމަށާއި، ސްކޫލުގެ ލީޑިން ޓީޗަރުންނާއި ބައެއް ޓީޗަރުން ކުދިން ވަކިން ގެންގޮސްގެން ވެސް މޫނު ބުރުގާ ނެގުމަށް ވާހަކަ ދައްކާ ހަދާ ކަމަށް ބެލެނިވެރިން ވަނީ ތުހުމަތުކޮށްފައެވެ.
މިވާގޮތެއް އެނގޭ ދިވެއްސަކުމިގައުމުގައި ނޫޅޭހެން އަޅުގަނޑަށް ހީވަނީ!
އަންހެނާގެ އައުރަ އަކީ މޫނާއި ދެއްތްތިލް ނޫންހައިތަން އެކަންއެގެނީ އައްނޫރު ސޫރަތުގެ 31 ވަނަ އާޔަތުން. އެއްވެސް އންހެނަކަށް ކާންދީ ބޯންދީ ބަލަދު އަރާ އެކަކުވެސް ނުވޭ.ކޮންމެ އަންހެނަކީ ބެލުން ވާޖިބުވާ ވާރުތަ ވެރިޔަކު ހުންނަ ފަރާތެް.އެ ވާރުތަވެރިޔާއަށް އަންހެނާގެ ހުރިހާ ހަރަދެއް ހަމަޖައްސާ ނުދެވޭނަމަ މަސައްކަތް ކޮށްގެން އާމްދނީ ހޯދަންޖެހޭ. އާމްދަނީ ހޯދަން މަސައްކަތް ކށް އެކިތަންތަނަށް ގޮސް އުލެންޖެހޭ އަންހެނާ އަކީ މިނިވަން އަންހެނެއްނޫން. މުޅިހަށިގަނޑު ނިވާކުރުމަށް ވަހީކުރައވާފަ ވަނީ ﷲ ގެ ރައޫލާގެ އަނބިންނާއި ދަރުކަނބަލުންނަށް މިކަން ސާފު އިބާރާތުނ އަލްއަހްޒާބު ސޫރަތުގަ އައިސްފަވޭ.އަދި އެކަނބަލުނަ ގޭގަ ތިއްބެވުމަށްވެސް އެސޫރަތުގަ އަންގަވާފަ އެބައޮތް.މޫނުނިވާކުރުމަކީ އިހުރާމްގެ ހުންނަ އަންހެނާއަށް ވެސް ހުއްދަ ވެގެން ނުވާ ކަމެއް. .އައް ނިސާ ސޫރަތުގެ59 ވަނަ އާޔަތުގަ ވޭ އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު ވެރިމީހާގެ އަމުރަށް ކިޔަމަން ވުމަށް. ސްކޫލް ޔުނިފޯމަކީ ވެރިޔާގެ އަމުރު މޫނު ކަސްފުވެފަ ހުރުމަކީ އުރެދުމަކަށް އަމުރު ކުރުމެއްނޫން. ވީމާ ސްކޫލް ޔުނީފޯމަށް ތަބައަ ވުމަކީ އެ ދަރަިވަރަކާއި އެ ދަރިވަރެއްގެ މައިންބަފައިންނަށް ވާޖިބު ކަމެއް. އެއަށް ދެކޮޅުހެދުމަކީ އައްނިސާ ސޫރަތުގެ 59 ވަނަ އާޔަތަށް އިންކާރުކުރުން. ކީރިތި ގުރްއާނުގެ އެއްވެސް އާޔަތަކަށް އިންކާރުކުރުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއްނޫން.