ސަފާރީއެއްގައި ތިބި ދެމީހުން ކޮވިޑް-19 އަށް ޝައްކުކުރެވޭތީ އެކަހެރިކޮށްފި
ސަފާރީއެއްގައި ތިބި ދެ މީހުން ކޮވިޑް-19 އަށް ޝައްކުކުރެވޭތީ އެކަހެރިކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓްކުރާ ސަފާރީއެއްގައި ތިބި ދެ މީހެއްގެ ކިބައިން ވައިރަހުގެ އަލާމަތްތައް ފެނިގެން ރިޕޯޓްކޮށްފައިވާކަމަށެވެ.
އަދި އެ ސަފާރީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށާއި، ޓީމެއް އެސަފާރީއަށް ދަތުރުކުރަމުން ދާކަމަށް މަބްރޫކް ވިދާޅުވި އެވެ.
އަދި އެ ދެމީހުން ސަފާރީގައި ވަކިން އެކަހެރި ކުރުމަށް އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
Ads by Allied Insurance