އެމް-ފައިސާގެ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސްއެއް

އުރީދޫގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާގެ ކަސްޓަމަރުންނަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ހަ މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫން ބުނީ ކޮންމެ މަހަކު 1،500 ރުފިޔާ އާއި އެއަށް ވުރެ މަތިން ފައިސާގެ މުއާމަލާތްކުރާ ކަސްޓަމަރުން މި ޕްރޮމޯޝަންގައި ބައިވެރިވާނެ ކަމަށެވެ.
އަދި ކޮންމެ ދެ މަހަކުން މި ޕްރޮމޯޝަންގެ ގުރުއަތު ނަގާނެ ކަމަށާއި ނަސީބުވެރި އެއް ކަސްޓަމަރަކަށް އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭނެ ކަމަށް އުރީދޫން މަޢުލޫމާތުދެއެވެ.
އެމް-ފައިސާ މެދުވެރިކޮށް ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް ކޮންމެތާކު ކޮންމެ ވަގުތަކުވެސް ފައިސާ ދެއްކޭނެއެވެ.