ޚަބަރު

ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން
މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން--

މަޖީދީމަގުގައި ހުންނަ ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުން ބުނީ މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި، 78240 ރުފިޔާގެ ތަކެތި ވަނީ ހޯދާފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް ސާމާނު ކަމަށާއި އެ ތަކެތި ހޯދާފައިވަނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅޭ ގެއާއި އޭނާއާ ގުޅުންހުރި އެހެނިހެން ތަންތަން ބަލައި ފާސްކޮށް އެ ތަންތަނުން ކަމަށެވެ.

އެ ފިހާރަ ފަޅާލައި 101720 ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މިހާތަނަށްކުރި ތަހުގީގުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި އޮގަސްޓް މަހުގެ 19 ވަނަ ދުވަހު 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!