ޚަބަރު

ފުވައްްމުލަކުގައި އެކްސިޑެންޓެއް ހިންގާ ދެ މީހަކަށް އަނިޔާވެއްޖެ

ފުވައްްމުލަކުގައި އެކްސިޑެންޓެއް ހިންގާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ އިރާކޮޅު ފުވައްމުލަކު ދަޑިމަގު މިސްކިތް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއްގެ ކޮންޓްރޯލް ގެއްލިގެން ހިނގި އެކްސިޑެންޓެއްގައި ދެ މީހަަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 37 އަަހުރުގެ ފިރިހެނަކާއި، 19 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. މި އެކްސިޑެންޓާއި ގުޅިގެން ސައިކަލް ދުއްވަން އިން މީހާގެ މޫނުގެ ކަނާތް ފަޅިން ވަރަށް ބޮޑަށް މަށައިގެން ގޮސް އަނިޔާވެފައިވާ ކަމަށާ އަންހެން މީހާއަށްވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!