ޚަބަރު

ޖޭއެސްސީއަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހު 7 ގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ގާނޫނީ ވަކީލުން ތަމްސީލްކުރާ މެންބަރުގެ ޖާގަ ހުސްވުމުން، އެ އިންތިހާބު އަންނަ ޑިސެމްބަރު ހަތްވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިިފިއެވެ.

Ads by Hajj Corporation

ބާ ކައުންިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޖޭއެސްސީއަށް އައްޔަންކޮށްފައިވާ މެމްބަރުގެ މަގާމު ހުސްވެފައިވާތީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެ އިންތިހާބު ބާއްވާ ގޮތަށް ނިންމާފައިވާ ކަަމަށެވެ.

އަދި އެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ނޮވެމްބަރު 28، ގެ ހަވީރު 3:00 ގެ ނިޔަލަށް ހުޅުވާފައިވާ ކަމަށާއި ރަސްމީ ބަންދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް ފޯމު ހުށަހެޅޭނެ ކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަކުރަން ބޭނުންވާ ގާނޫނީ ވަކީލުން އިދާރީ ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ބާ ކައުންސިލަށް ދައްކަން ޖެހެއެވެ.

ޖޭއެސްސީގެ ވަކީލު ސްލޮޓް ހުސްވީ، އެ މަގާމުގައި ހުންނެވި އަބްދުލްމާނިއު އިސްތިއުފާ ދެއްވުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!