ޚަބަރު

ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭސްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޑްރޯން ރޭސްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އުރީދޫ މޯލްޑިވްސް އިން ފުރުޞަތު ހުޅުވައިލައިފިއެވެ.

Ads by STELCO

އުރީދޫން ބުނީ މި ރޭސް ބާއްވަނީ އުރީދޫން ބާއްވާ ފަން ރަން އާއެކުގައި އަންނަ މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.

ޑްރޯން ރޭހަކީ ޑްރޯންއަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ރޭހެކެވެ. ޑްރޯން ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް http://ore.do/dronerace މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު 10 އާ ހަމައަށެވެ.

ޑްރޯން ރޭސް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 16 އަހަރުން މަތީގެ ބައިވެރިންނަށް "އެކައި އެލީޓް" ކެޓަގަރީއާއި 12 އަހަރުން މަތީގެ ބައިވެރިންނަށް "ސްކައި ވޯކާ" ކެޓަގަރީ އެވެ.

އުރީދޫން ބުނީ އެ ދެ ކެޓަގަރީގެ ރޭސްވެސް ތައްޔާރު ކޮށްފައިވާނީ އޮބްސްޓެކްލްލްސް ހިމެނޭހެން، އެންމެ އަވަަހަށް ރޭސް ނިންމާ ފަރާތެއް މޮޅުވާ ގޮތަށް ކަމަށެވެ.

ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ކެޓަގަރީއެއްގަ އެވެ. ކޮންމެ ކެޓަގަރީއެއްގައި ބައިވާން ބޭނުންވާ ފަރާތްތަކަށް ވެސް އުރީދޫން ވަނީ ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ.

ސްކައި އެލީޓް ކެޓަގަރީ

– މި ކެޓެގަރީގައި ބައިވެރިވެވޭނީ ޑިސެމްބަރު 22އާ ހަމައަށް 16 އަހަރު ފުރިފައިވާ އެފްޕީވީ ޑްރޯން ޕައިލެޓުންނަށް.

– ރޭހުގައި ބައިވެރިވާން ވާނީ އަމިއްލަ އެފްޕީވީ ޑްރޯނާ އެކު

– އެއަރކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވުން

– ޑްރޯން ގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުރުން

ސްކައި ވޯކާ ކެޓަގަރީ

– މި ކެޓެގަރީ ގައި ބައިވެރިވެވޭނީ ޑިސެމްބަރު 22 އާ ހަމައަށް 12 އަހަރު ފުރިފާވާ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށް.

– މި ކެޓެގަރީ ގެ ބައިވެރިންނަށް ސްޓެބިސިސް ގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ އަމިއްލަ ޑްރޯން މި ކެޓެގަރީ ގެ ބައިވެރިންނަށް ރޭހުގައި ބޭނުން ކުރުން ހުއްދައެއް ނޫނެވެ.

– ރޭހުގެ ކުރިން މި ކެޓެގަރީ އަށް ރެޖިސްޓަރ ކުރާފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖޭނެ

ސްކައި ވޯކާ ކެޓަގަރީގައި ޕްރީ ކޮލިފިކޭޝަން ރައުންޑެއް ކުރިއަށް ގެންދާއިރު، އެ ރައުންޑް ކުރިއަށް ގެންދާނެ ތާރީހާއި ގަޑި ރަޖިސްޓްރީ ކުރާ ފަރާތައް އަންގާނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ދެ ކެޓަގަރީން މޮޅުވާ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއްވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ސްކައި އެލީޓް ރޭހުން އެއްވަނަ ހޯދާ ފަރާތަކަށް ޑީޖީއޭ މިނީ 3 ޕްރޯ (ޑީޖީއޭ އާރްސީ) އެއް ލިބޭއިރު، ދެވަނަ ހޯދާ ފަރާތަކަށް 5ޖީ އެއާފައިބާ ޑިވައިސް އާއެކު 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ) ލިބެއެވެ. އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ މޫލީ ވައުޗާއެއް ލިބޭނެއެވެ.

ސްކައި ވޯކާ ކެޓަގަރީން އެއްވަނަ ހޯދާ ފަރާތަކަށް ޑީޖީއޭ މިނީ 2 އެސްއީއެއް ލިބޭއިރު ދެވަނަ ހޯދާ ފަރާތަކަށް 5ޖީ އެއާފައިބާ ޑިވައިސް އާއެކު ތިން މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ) ލިބޭނެއެވެ.

ތިން ވަނައަށް ހޮވޭ ފަރާތަކަށް ލިބޭނީ 1000 ރުފިޔާގެ މޫލީ ވައުޗާއެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!