ޚަބަރު

ރައީސް ޔާމީން ޕީޕީއެމްއާ ދުރަށް ވަޑައިގަންނަވާ, އައު ޕާޓީއެއް އުފައްދަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕްރޮގްރަސިޕް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމް އެ ޕާޓީން ވަކިވެ ވަޑައިގަންނަވައިފިއެވެ.

Ads by Sosun Fihaara

އެކަން ހާމަކުރައްވާފައިވަނީ ރައީސް ޔާމީންގެ ލޯޔަރު ޑރ, ޖަމީލެވެ.

"އެމަނިކުފާނު ޕީޕީއެމްއާ ދުރަށް ވަޑައިގަންނަވަން ޖެހި ވަޑައިގަތީ ވަރަށް ގިނަ ކަންތައްތަކެއް ހިނގާ ދިއުމުގެ ސަބަބުން" ޗެނަލް13އަށް ދެއްވި އިންޓަރވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ, އެ ނިންމެވުން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށެވެ. އަދި އެއީ ރައީސް ޔާމީނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ ޕީޕީއެމް އޮތީ ހައިޖެކްކޮށްފައި ކަމަށާއި, އިތުރު ޕާޓީއެއް އުފައްދަވައިގެން މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ޔާމީންގެ ފަހަތްޕުޅުގައި އެތައް ބަޔަކު ތިއްބެވި ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

Ads by HDC
  1. ޖަމީލު ބޭނުންވީގޮތަށް ޕާޓީ ދޫކޮއް އެދިޔައީ ޕާޓީ ހައިޖެކް ކުރަން ޖަމީލު ތައްޔާރު ވުމުން ޖަމީލު މެންގެ ފަނި ފަކުސްއާ ހެދި ރ ޔާމީން އެދިޔައީ

  2. ނަޝީދުވެސް ޕާޓީއެއް އުފެއްދެވި އެނގިދާނެތާ މިފަހަރު ގޮނޑި ލިބޭވަރެއް އަހަރެން ހަމަ ގައިމުވެސް އަހަރެމެން ގެނައި ސަރުކާރާ ދެކޮޅުވެރިނުވެ ފަސް އަހަރު ވޭތޯ މަސައްކަތް ކުރާނަން