ގިނަ ދުވަސްތަކެއް ފަހުން ކުޑަ ކުއްޖަކަށް ކޮވިޑް ޖެހި، ސަމާލުވާން އެދިއްޖެ

ތުއްތު ކުއްޖަކަށް ކޮވިޑް-19 ބަލި ޖެހި، އެ ބައްޔާއިމެދު ސަމާލުވުމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، އަޙްމަދު ފައިޞަލް އިލްތިމާސް ކުރައްވައިފިއެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަޙްމަދު ފައިޞަލް މިއަދު ވިދާޅުވީ ދުވަސްކޮޅެއް ކޮށްލާފައި ކޮވިޑު ޖެހިގެން ކުޑަކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހިއްޖެ ކަމަށެވެ.
”ބޭރުން އައި މީހެއްގެ ފަރާތުން ކަމަށްވަނީ. ސަމާލުވެލައްވާތި.“ އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)'ގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން މިހައކތަނަށް 186,000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑު ޖެހިފައެވެ.
މި ބަލީގައި ރާއްޖެއިން 315 މީހުން ނިޔާވިއެވެ.