ޚަބަރު

ފިލިޕީންސްގައި ތިބި ދިވެހިން ރެޖިސްޓްރީވާން އެދެފި

ދެން އެމްވީ ، ދެން އޮންލައިން

ފިލިޕީންސްގައި ތިބި ދިވެހިން ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީގައި ރެޖިސްޓްރީ ވާން ސަރުކާރުން އެދެފިއެވެ.

Ads by STELCO

އެ ގައުމުގެ ވެރިރަށް މެނީލާގައި ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން އެ ސިޓީ މިހާރު ވަނީ ލޮކްޑައުން ކޮށްފައެވެ.

ކޮރޯނާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ގިނަ އަދަދެއްގެ މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން މެނީލާގައި އެބަތިބި ކަމަށާއި އެކުދިންގެ ހާލަތު ސަރުކާރުން ބަލަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީ ގުޅިގެން އެކުދިންގެ ހާލު ބަލަމުންދާކަމަށެވެ.

ކޮވިޑް19 ޖެހިފައިވާ 64 މީހަކު ފިލިޕީންސް އިން ފެނިފައިވާއިރު ފަސް މީހަކު ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!