ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް މުއާޒު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ހަމަޖައްސައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއް ވެރިކަމަށް ގެނައުމުގައި ގިނަ މަސައްކަތްތަކެއް މުއާޒު ވަނީ ކޮށްފައެވެ. އެމަނިކުފާނުގެ އެސިސްޓަންޓް ކެމްޕެއިން މެނޭޖަރަކަށް ހުންނެވީ ވެސް މުއާޒުއެެވެ.
މިއާޒު ތަޢުލީމް ހާސިލްކޮށްފައިވަނީ އާކިޓެކްޗާގެ ދާއިރާއިންނެވެ.
ފެނަކައިގެ އިތުރުން ސަރުކާރުގެ 20 ކުންފުންޏަކަށް އާ ވެރިން މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ. އެ ކުންފުނިތަކަށް ރަސްމީކޮށް މިއަދު ވެރިން އައްޔަނުކުރެއްވި އިރު، ބާކީ ހުރި ކުންފުނިތަކަށް ވެރިން އައްޔަނު ކުރުމުގެ މަސައްކަތް ޕީސީބީގައި ކުރިއަށް އެބަދެއެވެ.
ތަޢުލީމީ ގޮތުން ބެލިޔަސް ގާބިލު ބޭފުޅެއް ކަމަށް ގަބޫލު ކުރަނީ ހިންގާނެ ވާނެ ކޮއްދޭނެ