Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުލް މަތީން 

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުލް މަތީން 

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުލް މަތީން މުޙައްމަދު އައްޔަނު ކޮށްފިއެވެ.

ޢަބްދުލްމަތީން ވަނީ މިނިސްޓްރީ އޮފް އެނަރޖީ އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރުގެ މަގާމް އަދާކުރައްވާފައެވެ. އެ މަގާމަށް ހަމަޖެއްސެވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މަތީން ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ސައިންސް އިން ބިލްޑިން ސާވިސަސް އިންޖިނިއަރިން، އަދި ޔުނިވާސިޓީ އޮފް ބަހްރެއިން އިން ބެޗެލާ އޮފް ސައިންސް ހާސިލް ކުރައްވާފައެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/mwsc_official/status/1729463037151891524?s=61&t=hNCjMYHd_xjNcAfbAX_bJg

އެމްޑަބްލިއުއެސްސީއާއެކު ސަރުކާރުގެ 20 ކުންފުންޏަކަށް އާ ވެރިން މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ. އެ ކުންފުނިތަކަށް ރަސްމީކޮށް މިއަދު ވެރިން އައްޔަނުކުރެއްވި އިރު، ބާކީ ހުރި ކުންފުނިތަކަށް ވެރިން އައްޔަނު ކުރުމުގެ މަސައްކަތް ޕީސީބީގައި ކުރިއަށް އެބަދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް