އެންމެ ގޯސް ހާލަތުގައި ކޮވިޑް-19 ޖެހިގެން ރާއްޖެއިން 10،000 މީހުން މަރުވާނެ: އުގައިލް
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އެންމެ ބޮޑަށް ގޯސް ވެއްޖެނަމަ 10،000 މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޕްރޮފެސަރު އުގެއިލު ވިދާޅުވެއްޖެއެވެ.
އުގެއިލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އެއްވެސް ކަމެއް ނުުކުރާނަމަ، އާބާދީގެ 65 އިންސައްތައަށް އެ ވައިރަސް ފެތުރި އޭގެތެރެއިން ތިން އިންސައްތަ މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.
މަރުވާނެ ކަމަށް ލަފާކުރެވޭ 10،000 މީހުންގެ ތެރޭގައި ގަނައިން ހިމެނޭނީ އުމުރުން ދުވަސްވީ މީހުންނާއި ކުރިންވެސް ސިއްހީ މައްސަލަތަކެއް ހުރި މީހުންކަމަށް އުގެއިލް ވިދާޅުވިއެވެ.
އުގެއިލް ވިދާޅުވީ މަރުވާ މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން، އެފަދަ ހާލަތުގައި ތިބި މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ރަނގަޅު ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސިފައި ހުރުމަކީ މުހިންމު ކަމެއްކަމަށެވެ.
Estimated worst-case figure for the #Maldives: ~10,000 deaths.
— Professor Ugail (@ugail) March 14, 2020
Assuming no action is taken to slow the virus - which spreads from person to person - with ~65% of the population getting infected and a fatality rate of ~3%.
"މިވައިރަހުގެ އަސަރު ކުރާ ގިނަ ޒުވާނުންނާއި ސިއްހަތު ރަނގަޅު ބޮޑެތި މީހުން ވައިރަހުން ސަލާމަތްވާނެ ކަމަށެވެ. އަދި އެ ވައިރަސް ދެން ޖެހުނަސް އެމީހުންނަށް އަސަރުނުކުރާނެ. އެންމެންނަށް މި ވައިރަސް ޖެހުން ހުއްޓުވޭނެ ގޮތެއް ނޯންނާނެ. ޔޫކޭއިން ގެންގުޅެނީ މިފަދަ ސްޓްރެޓެޖީއެއް. އެ ސްޓްރެޓެޖީ ވޯކް ކޮށްފާނެ." އުގެއިލް ވިދާޅުވިއެވެ.
ރާއްޖޭގައި މީހަތަނަށް ނުވަ މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. މީގެ ތެރެއިން އުމުރުން ދުވަސްވީ އެކެއްގެ ހާލު ދެރަ ކަމަށް ކަމާބެހޭ ފާރާތްތަކުން މައުލޫމާތުދެއެވެ.







ކޮމެންޓް