ޚަބަރު

ސިޔާސީ އަޑުތައް ކަނޑުވައެއް ނުލާނަން: ރައީސް މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ އަޑުތައް ކަނޑުވައިނުލައްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ބްލޫމްބަރގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ހަމަޖެހުން އޮންނާނެ ކަމަށާއި، އެންމެންނާއި ގުޅިގެން މަސައްކަތް ކުރެއްވޭނެ ކަމަށެވެ.

"ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ޚިޔާލެއް ފާޅުކުރެވޭނެ. އެއްވުންތަކާއި ޖަލްސާތައް ވިޔަސް، ހުއްދަ އޮންނާނެ، އަޑު އިއްވަން." ރައީީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަކީ ވަރަށް ކުޑަ ޤައުމެއް ކަމަށާއި، ޤައުމުގެ ލާބަޔަށް މަސައްކަތް ކުރާ މީހުންނާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް މީހަކަށް ފައިދާ ވާނެ ކަމެއް ނޫން ކަމަށެވެ.

ިމި އިންޓަރވިޔުގައި ޤައުމައިގެން ކުރިއަށް ވަޑައިގަތުމަށް އޮތް ގޮންޖެހުންތަކާއި ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އިޤްތިޞާދީ ގޮތުން ހުރި މައްސަލަތައް ޙައްލު ކުރުމާއި، ބިދޭސީ ސިފައިންގެ މައްސަލަ އާއި އެކުގައި، މިނިވަންކަމަށް އޮތް ހުރަސްތައް އެއީ ގޮންޖެހުންތައް ކަމުގައެވެ. އެމަނިކުފާނު ވިދާޅުވީ އެކަންކަން ޙައްލު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް އަޅާލައި، އަޑުއަހާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ސިޔާސީ އަޑުތައް ކަނޑުވައިނުލައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން އެ ކޯލިޝަން ދޫކުރައްވައި، އައު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް) އުފެއްދެވުމުގެ މަސައްކަތްޕުޅު ވަނީ ފައްވަޓައިފައެވެ.

  1. އިއްބެ

    ކަނޑުވައެއްނުވެސްލެވޭނެ

  2. ޢިސްތިއުފާ

    އެންމެ ފުރަތަމަ ވަޒީރުން ނޫންތޭ ރަނގަޅަށް ކަންކަން ކުރަންވީ ދާޚިޅީ ވަޒީރަށް މާލެތެރެ ނުބެލެހެއްޓޭތީވެ ދޯ މުޅި މާލޭގައި މާރާމާރީ އާއި އެކެސިޑެންޓްސް ތައް އިންތިހާ އަށް ގިނައީ ވަގުން ވައްކަން ކޮށްފައި ވަގުން އެއްޗެހި ވިއްކުމުން އެއްޗެހި ގަންނަމީހާ ފުލުހުން ގެންގޮސް ހައްޔަރުކުރަނީ އަދި އެގޮތުން ހައްޔަރު ކުރާ މީހާ ފަކީރު ގެ ހުރިހާ މުދަލަކާެި ފޯން ވެސް ފުލުހުން ގެންގޮސްގެން އެވެސް ނުދީ ހިފަހައްޓަނީ ފުލުހުންބަށް މާލެތެރެ ނުބެލެހެއްޓޭތީވެ މިހެން މިކަންވަނީދޯ