ޚަބަރު

މާލެ ސަރަހައްދަށް ޓޫރިސްޓުން ގެނައުން މަނާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މިރޭ 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ބޭރު ޓުރިސްޓުން ނުގެނެވޭނެ ކަމަށް، އެޗުޕީއޭއިން ނިންމައިފި އެވެ.

Ads by Sosun Fihaara

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސިޓީ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް މިރޭ 12 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓޫރިސްޓުން ޗެކްއިންކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

ނަމަވެސް މިހާރު އެފަދަ ތަންތަނަށް ޗެކްއިން ވެފައި ތިބި މީހުން، އެމީހުންގެ ބުކްއިންގެ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަހަށް ދިހަ މީހަކު ޕޮޒިޓިވްވެފައިވާއިރު މި އެންމެނަކީ ވެސް ބިދޭސީންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!