ޚަބަރު

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު: އެންމެ ގިނަ ވޯޓް ލިބުނީ އަލައިކާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އިންތިޚާބުގައި ހުރިހާ ދާއިރާއެއްގައި ވާދަކުރި މީހުންގެ ތެރެއިން އެންމެ ގިނަ ވޯޓާއެކު އެ ޕާޓީގެ އަންހެން ނައިބު ރައީސް ކަމަށް އަލައިކާ އަދްނާން ހޮވިއްޖެއެވެ.

Ads by MWSC

އަލައިކާ މީގެ ކުރިން ހުންނެވީ ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރގެ މަޤާމުގައެވެ. ރައީސް ޞާލިޙްގެ ވެރިކަމުގެ ފަހު ދުވަސްވަރު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ އިންތިހާބުގެ ވޯޓުލުން ހެނދުނު 10:00 އިން 4:00 އާ ހަމައަށް ކުރިއަށްގެންދިޔައެވެ. ވޯޓްލާފައި ވަނީ 3،209 މެންބަރުންނެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 54 ޕަސެންޓެވެ.

ވޯޓް ލީ މީހުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނު  ނައިބު ރައީސް (އަންހެން) ހޮވިފައިވަނީ 62.2 އިންސައްތަ, 2,046 ވޯޓާއެކުގައެވެ. އެ މަޤާމަށް ދެން. ވާދަކުރި ރީހާން ނާޒިމަށް ލިބިފައިވަނީ 37.72 އިންސައްތަ, 1,239 ވޯޓެވެ.

އަލައިކާ ކެންޕެއިންގައި ހަރަކާތްތެރިވަނީ

އިތުރު މަޤާމުތަކަށް ބަލާލާއިރު, ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަ ކުރެއްވި ހުސެއިން އަމްރަށް ލިބިފައިވަނީ, 1,497 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 45.17 އިންސައްތައެވެ. ރައީސް ކަމަށް ހޮވުނު ހަސަން ލަތީފަށް ލިބިފައިވަނީ, 1.817 ވޯޓެވެ. އެއީ 54.83 އިންސައްތައެވެ.

މި އިންތިޚާބުގައި އެންމެ ބޮޑު އިންސައްތައެއް ލިބިފައިވަނީ ސިޔާސީ މަސައްކަތަށް ވަރަށް ފަހުން ނިކުތް ޒުވާނެއް ކަމަށްވާ ހަމްދާއަށެވެ. ވިމަން ޑިމޮކްރެޓްސް ލީޑަރު ކަމަށް އޭނާ ހޮވުނީ ވޯޓް ލީ މީހުންގެ 74.54 އިންސައްތައާއެކުގައެވެ. އެއީ 966 ވޯޓެވެ. އޭނާއާ ވާދަކުރި އަޙްމަދު ޝިޔާމާއަށް ލިބިފައިވަނީ 330 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 25.46 އިންސައްތައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!