ޚަބަރު

ރާއްޖޭގައި ކޮލެޖުތަކާއި ޔުނިވާސިޓީތައް ބަންދުކުރަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮލެޖުތަކާއި ޔުނިވާސިޓީތައް ބަންދުކުރަން އަންގައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މި ނިންމުން ނިންމާފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިންނެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި އަދި ތަމްރީނުދޭ ހުރިހާ މަރުކަޒެއް މިއަދުން ފެށިގެން ދެ ހަފްތާއަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭއިން މިގޮތަށް އެންގުމުގެ ކުރިން ބައެއް އަމިއްލަ ކޮލެޖުތަކުން ވަނީ ކިޔެވުން ހަފުތާއަކަށް ފަސްކޮށް މި ފެށޭ ހަފުތާގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމާފަ އެވެ.

ރާއްޖޭގެ ސްކޫލުތައް މިޑްޓާމް ބްރޭކަށް ފަހު މާދަމާ ހުޅުވާ ގޮތަށް ކުރިން އޮތް ނަމަވެސް ސްކޫލުތައް ހުޅުވުންވެސް ވަނީ ހަފުތާއަކަށް ފަސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!