އައްޑޫ މާރާމާރީއާ ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި
އައްޑޫގައި ހިނގި މާރާމާރީއާއި ގުޅިގެން އިތުރު ބަޔަކި ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ މާރާމާރީއާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރާއި 20 އަހަރާއި 21 އަހަރާއި އަދި 23 އަހަރުގެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީ ހިނގާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު 15:30 ހާއިރުއެވެ. މާރާމާރީގައި ޒަހަމުކޮށްލާފައި ވަނީ 20 އަހަރުގެ ޒުވާނެކެވެ. އެ ޒުވާނާއަށް ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސް އައްޑޫގައި އައްޑޫ ހިތަދޫގެ މާރާމާރީއެއް ވަނީ ހިނގާފައެވެ. އެ މާރާމާރީގައި ޒަހަމްވެފައިވަނީ 30 އަހަރުގެ ޒުވާނަކަށެވެ.
Ads by Allied Insurance