ޚަބަރު

ކަނޑުގެ މައްސަލައިގެ ގާނޫނީ މަސައްކަތަށް ބަޖެޓުގައި 10 މިލިއަން ރުފިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގެ ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިޔަ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރު އޮފީސްތަކުން ބަޖެޓަށް އިތުރު ކުރަން ފޮނުވާ ކަންތައްތައް ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ އެޓަރނީ ޖެނެރަލްގެ ބަޖެޓަށް އިތުރު ކުރައްވާފައިވާ ކަމަށެވެ.

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން، މިއަހަރު އިޓްލޮސްއިން ނިންމީ ރާއްޖެއިން އެދުނު ގޮތަށެވެ. އިޓްލޮސްއިން އޭޕްރީލް 28 ގައި ހުކުމް ކުރުމާ އެކު އޭރު ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި، ކަނޑުން ބައެއް "ވިއްކާލީ" ކަމަށް ތުހުމަތުކޮށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔައެވެ.

އިމުގެ މައްސަލަ އިސްތިއުނާފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ތެރޭގައި އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލުމާއި ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމެވެ.

އަދި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރުމަށް ރާވާފައިވާ ކަންތައްތަކުގެތެރޭގައިވެސް މިމައްސަލައާ ގުޅޭ މުޙިއްމު މަސައްކަތްތަކެއް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް (އީއީޒެޑް)ގެ ތެރެއިން ދެކުނުގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށްވަނީ ހިމަނާފައިވެއެވެ.

Ads by Allied Insurance
  1. ގޮދާ ހަސަނު

    މީ ސަރުކާރުތަކަށް ލިބިފައޮތް ވަރަށް ރަނގަޅު ފުރުސަތެއް. ކޮންމެ އަހަރެއްގެ ބަޖެޓުގައި ވިހި ތިރީސް މިލިޔަނުން ޖަހާފަ ކަހާލެވޭނެ.

  2. ޑޯންޔޫގިވްއަޕް

    ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ވިޔާފާރި ފުޅާ ކޮށް އަދި ޗައިނާ އާއި ރާއްޖެ އާއި ދެމެދު އިންޑިއާ އާއި އެމެރިކާ އަށް ނުހިފެހެއްޓޭ ވަރަށް އިންވެސްޓް ކުރަންވީއޭ ރާއްޖޭގެ ދިފާއީ ވުޒާރާ އަށް ނިކަން ކެރިގެން ޗައިނާ އިން ހެލިކޮޕްޓަރު ތަކާއި މަނަވަރު ތަކާއި އަދި ޖެޓް ފައިޓަރު ތައް ވެސް ޗައިނާ އިން ހިލޭ އެހީއެއްގެ ގޮތުގައި ރާއްޖެ އަށް ދީ އަދި ރާއްޖޭގެ 1000 ސިފައިން ކޮންމެ އަހަރަކު ޗައިނާއިން މަތީ ފެންވަރުގެ އަސްކަރީ ތަމްރީން ހަދަން ފުރުސަތުދޭންފވީއޭ ޑޯން ފޯލް އެ ސްލީޕް އެޓް ދަ ވީލް ވީ ގޮޓާ މިލިއަން މައިލްސް އަ ހެޑް އޮފް އަސް އަ ހެޑް އޮފް އަސް ނެވަރ ލެޓް ދިސް ޗާންސް ގޯ ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ ޑޯން ޔޫ ގިވް އަޕް ނާއްނާނާނާ އައި ވޮންޓް ގިވް އަޕް ނާއްނާނާނާ ނާއްނާނާނާ ނާއްނާނާނާނާ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް….

  3. ވިސްނާތި

    އެމެރިކާ އާއި އިންޑިއާ އިން ބިރުގަންނަ ވަރަށް ރާއްޖެ އަށް ޗައިނާއިން އިންވެސްޓް ކުރަންވީއޭ ބޮޑަށް ހިމަނަންވީ ޗައިނާގެ ބޮޑެތި ވިޔާފާރި ތައް އައިސް މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާލާ އެފަޅުތަކުގައި އިންޑަސްޓްރިއަލް ޕާރކްސް ތައްހަދާ އެތަންތަނުން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ހުރިހާއެއްޗެއް ގަންނަން ލިބޭނެގޮތް ހެދުމޭ ގަންނާނީ ދިވެހިރުފިޔާ ދީފައޭ ދެން އެރުފިޔާ ބަަދަލުވާނީ ޗައިނާ ފަައިސާ އަަށޭ ޔޫއެސްޑޮލަރަށް އޮތް ބަރޯސާވުން މިމޮޑެލް ގައި އުވާލެވޭނެއޭ މިގޮތުން ހުރިހާ ކޮމޯޑިޓީސްގެ ބާވަތް ތައް އެ ޕާރކްސް ތަކުން ގަންނަން ލިބޭނެ ގޮތް ހެދުމާއި ހުރިހާ ކޮންސްޓްރަކްޝަން މެޓީރިއަލްސް ލިބޭނެ ގޮތް ހަދާނީއޭ އެއިރުން ޑެލިވަރީ އަވަސް ވުމުން ދެން އިންޑިއާ އާއި ލަންކާ އިން ކުރަމުންދާ ވިޔާފާރި ސުމަކަށް ގެނެވޭނެއޭ ނަތީޖާ އަކީ ރާއްޖެ އަކީ ސާރކްގެ އެއްވަނަ އިގްތިސޯދަށް ބަދަލުވުމުގެ މަރުހަލާ ފެށުމޭ ދެން ޕާކިސްތާނު ބަންގާޅަށް މިތަކެތި އެކްސްޕޯރޓް ކުރަން ފަށާނީ އެއިރުން އިންޑިއާގެ އިގްތިސޯދު ވަރަށް އަަވަހަށް އަޑިއަޅާލާނެއޭ…