އިންޑިއާއިން ފިޔާ ލިބުމުގައި ރާއްޖެއަށް ދަތިކަމެއް ނެތް: އިކޮނޮމިކް މިނިސްޓަރު
މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތި ވެފައިވާ ހާލަތާއި ގުޅިގެން, ބައެއް ޤައުމުތަކަށް ފިޔާ ބޭރުކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވީނަމަވެސް, ދިވެހި ރާއްޖެއަށް ފިޔާ ލިބުނުމުގައި ދަތިވާފަދަ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާއިން ހާމަކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި, އިންޑިއާގައި ފިޔާގެ އަގު އުފުލެމުންދާތީ އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެއް ގޮތުން މާރިޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިންޑިއާއިން ފިޔާ ބޭރުކުން ވަނީ މަނާކޮށްފައެވެ.
8 ޑިސެންބަރުން ފެށިގެން އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން މަނާކަން އެ ގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) ވަނީ އިއުލާންކޮށް އަންގާފައެވެ. ނަމަވެެސް ވަކި ޤައުމެއް އިސްތިސްނާވާ ކަމެއް ބުނެފައެއް ނުވެވެ.
އިންޑިއާ އިން މީގެ ކުރިން ކާޑުގެ ބައެއް ބާވަތްތައް ބޭރުކުރުން މަނާކުރި ނަމަވެސް, އަވައްޓެރި ޤައުމުތަކަށް އެކްސްޕޯޓް ކުރުން ވަނީ ހުއްދަކޮށްފައެވެ.
ފިޔާ ބޭރުކުރުން މަނާކުރި ޚަބަރާއެކު ބާޒާރުގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ފިޔާ އިންޕޯޓް ކުރާ ފަރާތްތަކާ ކުރެވުނު މަޝްވަރާގެ ތެރެއިން, ރާއްޖެއަށް އިންޑިއާ އިން ފިޔާ އެތެރެކުރުމުގައި ދަތިކަމެއް ނެތްކަން އެނގިފައިވާ ކަމަށެވެ.
އަދި މިހާރުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު, ފިޔާގެ އަގު 20 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަގަކަށް އުފުލިފައިވާކަން ފާހަގަކޮށް, ބޮޑު އަގުގައި ފިޔާ ނުވިއްކުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ފަހުން ވެސް ދިމާވެދާނެ މައްސަލަތައް ސަރުކާރުން ހައްލު ކުރާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.
ޢެހެންވެ 900ރުފިޔާ އައް ބަސްތާއެއް ދޯ
ސައީދޫ ތިވާހަކަކަލޭއާއިލާމީހުންގާތުބުނުންމާރަގަޅުވާނެ
ކަލޭ މެންގެސަރުކާރައްވެވެން އޮތްދުއްޕާނެ އިންޑިއާއިންްކުރާނެ
The factory’s dedication to quality is evident in the superior performance of their HDPE pipes, which are known for their exceptional strength and durability. Elitepipe Plastic Factory