މާދަމާ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ
 
                                                    ހުކުރު ދުވަހު ހެނދުނު މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ އެކުންފުނީގެ ހުޅުމާލެ އިންޖީނުގޭގައި ކޮންމެހެން ކުރަން ޖެހޭ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތެއް 15 ޑސެމްބަރު ވާ ހުުކުރު ދުވަހުގެ ހެނދުނު 6:30 ން 9:30 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންވެ، މި ވަގުތުތަކުގައި، ބައެއް ސަރަޙަައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް އެ ކުންފުނިން ބުނެއެވެ. ސްޓެލްކޯ އިން ވަނީ، ކަރަންޓު ނެތުމުން ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް ވެސް އެދިފައެވެ.
 
  Ads by HDC
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
