ޚަބަރު

މާފަރާއި ކެލާ ކައުންސިލްގެ ގޮނޑި ޕީޕީއެމަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިއްޔެ ބޭއްވި ކައުންސިލްތަކުގެ ތިން ބައި-އިލެކްޝަންގެ ތެރެއިން ނ. މާފަރާއި ހއ. ކެލާ ކައުންސިލުގެ ގޮނޑި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ހަދީޖާ މައުރިފާއެވެ. އޭނާއަށް ލިބިފައިވަނީ 402 ވޯޓެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހައްވާ ސުދާއަށް ލިބުނީ 367 ވޯޓެވެ.

ނ. މާފަރުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަބޫބަކުރު އިންތިހާބު ކާމިޔާބުކުރީ 239 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުސްލިމް މުހައްމަދަށް ލިބުނީ 90 ވޯޓެވެ.

އިލެކްޝަން ކޮމިޝަނުން ދަނީ އަންނަ ޖެނުއަރީ 13ގައި މާލެ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބޭއްވުމަށް ތައްޔާރުވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!