ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ އެއްކޮށް ޙައްޖު ކޯޕަރޭޝަނަށް ދެނީ

ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ އެއްކޮށް ޙައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން ނިންމައިފިއެވެ. އެގޮތަށް ނިންމާފައިވަނީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައެވެ.
މިހާރު ކަންކުރަމުންދާ އުސޫލަކީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބައެއް ބިޑް އުސޫލުން އެންމެ ދަށް އަގެއް ހުށަހަޅާ އަމިއްލަ ކުންފުނިތަކަށް ދަނީ ދޫކުރަމުންނެވެ. އެ ގޮތަށް ދޫކުރުމުން ބޮޑު އަގުގައި ކޯޓާ ވިއްކާ މައްސަލަ އަބަދުވެސް އޮވެއެވެ.
ސަރުކާރުން މިއަދު ވިދާޅުވީ, ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
މިހާރު ޙައްޖު ކޯޕަރޭޝަަނުން ޙައްޖަށް ފޮނުވަމުން ދަނީ 69.000 ރުފިޔާއަށެވެ. އެ ކުންފުނިންދަނީ ޙައްޖަށް މީހުން ދިއުމަށް ދައްކަން ޖެހޭ އަގު ތިރިކުރުމަށް މަސައްކަތް ކުރަމުންނެވެ.