ޚަބަރު

އަލިފާނުގެ ހާދިސާ: ވަގުތީ ހިޔާގައި ތިބުމުގެ މުއްދަތު ތިން މަސް ދުވަހަށް އިތުރު ކޮށްދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ދިރިއުޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ސަރުކާރުން ދީފައިވާ ވަގުތީ ބޯހިޔާވަހިކަމުގެ މުއްދަތު ތިންމަސް ދުވަހަށް އިތުރު ކޮށްދީފިއެވެ.

Ads by MWSC

މިކަން ރަސްމީކޮށް އިއުލާނު ކުރަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީ އިން ވަގުތީހިޔާ ފޯރުކޮށް ދެމުން ގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާގޮތަށް އިން ނަމަވެސް، މިހާރުގެ ހާލަތަށް ބަލައި އެމުއްދަތު ސަރުކާރުން އިތުރު ތިން މަސްދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.

އަލިފާނުގެ ނުރައްކާތެރި އެހާދިސާގައި ޖުމްލަ 29 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ފޯރު ކޮށްދީފައިވެއެވެ. އަދި 8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާނެ ކަމަށް މީގެ ކުރިން އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

މިއީ މާލޭގައި މިފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މިހާދިސާގައި ހަ ގެއަކާއި ހަ ގުދަނަކަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!