ޚަބަރު

ތިނަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި، ޚިދުމަތް ދޭން ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވ. ތިނަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުންގެ ޚިދުމަތް ދޭން ފަށައިފިއެވެ.

Ads by Hajj Corporation

މި ޕޮލިސް ޕޯސްޓު ހުޅުއްވައި ދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އަތޮޅު ކައުންސިލު ރައީސް ޝުޖާޢު ޢަލީއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް، ވ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަންވަރު އަހްމަދު އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ތިނަދޫ ކައުންސިލް ރައީސް ޝިފާގު ހުސައިންގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގައި މި ހުޅުވި ޕޮލިސް ޕޯސްޓާއެކު އެ ރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ޚދުމަތް ދޭން މިހާރުވަނީ ފަށާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!