ރައީސް ޞާލިޙް ފޮނުއްވި ސިޓީ އަާއްމުކޮށް, ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފަށައިފި
ކަނޑުގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން އާންމުކޮށްފިއެވެ.
އެ ސިޓީގައި ބުނެފައިވަނީ ރާއްޖެއާއި ޗާގޯސް އާކިޕެލަގޯއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން އައިޓީއެލްއެސްގެ މަރުހަލާތައް ކުރިއަށް ދާއިރު، 1965 ވަނަ އަހަރު މޮރިޝަސްއިން ޗާގޯސް އާކިޕެލަގޯ ވަކިކުރުމުން ނިކުންނާނެ މަތީޖާއަށް އދ.ގެ އާންމު މަޖިލީހުން ނެރުނު ގަރާރާ ގުޅޭ ގޮތުން ރާއްޖެއިން ދެކޭ ގޮތް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށާއި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނީ ޑިކޮލޮނައިޒޭޝަން ކުރުމާއި، ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ކަމަށް އެ ސިޓީގައި ބުނެފައިވެެއެވެ.
އަދި އުންމީދު ކުރަނީ، މިހާރު އެމައްސަލަ ޙައްލުވެ، ޑިކޮލޮނައިޒޭޝަނަށް ދެމެހެއްޓެނިވި ގޮތެއްގައި އޮތް ތާއީދާއި، މޮރިޝަސްއާއެކު އޮތް އެއްބައިވަންތަކަން އިތުރަށް ހާމަވެގެންދިޔުން ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދުމަށް ލިއުންތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުން އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކޮށްގެން މިހާރު ދަނީ ކުރަމުންނެވެ.
ތިހެންނުބެލޭނެ އިބްރާހިމާ ޙާޒިރު ކުރަން އެބަޖެހޭ
ވިންޓިލޭޓަރ ވެސް ރައްޔިތުންނައް ލިބެން އެބަޖެހޭ
ފައްޔާޒު ބެހިރުފިޔާވެސް ބެހިގޮތް ރައްޔިތުންނައް ހާމަ ކޮށްދެވޭނީ އިބުރާހީމު ޙާޒިރުކޮށްގެން
ސްޓެލްކޯގެ އެމްޑީ އަކީ އެތަނުގެ ފަންނީ ޑިޕާރޓްމެންޓް ތަކާެއި އެއްވެސް ގުޅުމެއް އޮތް މީހެެއް ނޫނޭ ދެން ހައިވޭގައި ޖެހި ސޯލަރ އިން ކަރަންޓްދޭންވީ ނޫންތޭ އެއީ ވެސް ކުރީ ސަރުކާރުން ތައިލެންޑް ކުންފުންނަކަށް މަހަކު 200 މިލިއަން ރުފިޔާ ސްޓެލްކޯ އިން ދީފައި އެއިން ބޮޑު ކަޓެއް ކުރީ މިނިސްޓަރު އައްޑޫ ޝައުނާ އަށް ލިބޭ ގޮތް ހެދުން މިފަހަރު އެތަނުގެ ބޯޜޑް މުއްސަނދިވާނެ ސްޓެލްކޯ ފުނޑިގެންދާނެ މީ ވާނެ ގޮތަކީ..