ޚަބަރު

ސީޕީގެ މަޤަާމަށް ކުރިމަތިލެއްވީ، ނަވީންއާއި ޝުޖާޢު އެކަނި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާޢު އާއި އިސްމާޢީލް ނަވީން ކުރިމަތިލައްވައިފިއެވެ.

Ads by STELCO

ޕޮލިސް ކޮމިޝަނަރުގެ މަގާމު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން އެ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ވަނީ ހަމަވެފައެވެ.

އެ މަޤަަމަށް ޝުޖާޢު އާއި ނަވީން ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވައިފައެއް ނުވެއެވެ. އެހެންކަމުން، ދެ ބޭފުޅުންގެ ނަން ޕޮލިސް ބޯޑަށް މިހާރު ވަނީ ފޮނުއްވައިއެވެ.

ސީޕީގެ މަޤާމަށް ނަގަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަނީ އެ މަޤާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އެމީހެއްގެ ޤާބިލުކަން ބެލުމަށް ފަހުގައެވެ. ކޮމިޝަނަރު އައްޔަން ކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މިވަގުތު އެކްޓިން ކޮމިޝަނަރުގެ މަޤާމު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!