ޚަބަރު ސަރުކާރު

މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ މިނިސްޓަރު ޝަހީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާދަމާ މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ހުކުރު ކުރައްވާނީ‎ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation
މާދަމާގެ ޚުޠުބާގެ މައުޟޫޢުއަކީ ‎“ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން“އެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ޙާޞިލުކުރައްވައި، ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) (ޕީއެޗްޑީ) ޙާޞިލްކުރައްވައިގެން ހުންނެވި ޢިލްމީ ޤާބިލު ބޭފުޅެކެވެ.

އައު ސަރުކާރުގެ އިސްލާމީ ކަންކަމާއި ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި މިނިސްޓަރު ޑރ. ޝަހީމް ގެންދަވަނީ ވަރަށް ހީވާގިކަމާއިއެކުގައި މަސައްކަތް ކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!