ޚަބަރު

ސީޕީގެ މަޤާމަށް ޝުޖާޢު އައްޔަނު ކުރުމަށް ލަފާ ދީފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަަނަރު ޢަލީ ޝުޖާޢު އައްޔަން ކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ހޯމް މިނިސްޓަރު ޢަލީ އިހުސާނަށް ލަފާދީފިއެވެ.

ސީޕީގެ މަޤާމަށް ކުރިމަތިލާން ހުޅުވައިލި ފުރުޞަތު ހަމަވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މުއްދަތު ހަމަވިއިރު، އެ މަޤާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި އޭސީޕީ ޝުޖާޢުއާއި އޭސީޕީ އިސްމާއީލް ނަވީނެވެ.

Ads by MWSC

އެ ދުވަހު، ދެ ބޭފުޅުންގެ ނަން މިނިސްޓްރީން ވަނީ ޕޮލިސް ބޯޑަށް ފޮނުއްވައިފައެވެ.

ޕޮލިސް ބޯޑުން އެ ނަން ދިރާސާކުރިއިރު، ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅަން އެ ބޯޑުން ކުރިއްސުރެ އެކުލަވާލާފައިވާ ކްރައިޓީރިއާ އަށް ނަވީންގެ ޝަރުތު ހަމަނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ދެ ނަން ދިރާސާކުރުމަށް ފަހު ޕޮލިސް ބޯޑުން ނިންމީ ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އައްޔަން ކުރަން، މިނިސްޓަރަށް ލަފާ އެރުވުމަށެވެ.

ފުލުހުންގެ ޤާނޫނުގައި ވަނީ ސީޕީގެ މަޤަަމަށް ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ގާބިލްކަން ވަޒަންކުރަންޖެހޭކަމަށާއި، އެ ފަރާތްތަކާ ގުޅޭ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑްގެ ރިޕޯޓެއް ޕޮލިސް ބޯޑުން ހޯދަންޖެހޭ ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!