ޚަބަރު ސަރުކާރު

ދިވެހި ހާފިޒުންގެ އެސޯސިއޭޝަނެއް އުފެއްދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި ހާފިޒުންގެ އެސޯސިއޭޝަނެއް އުފައްދަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ ޒުވާން ދިވެހި ހާފިޒުންނާއި ބައްދަލުކުރައްވައިފައެވެ.

ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙުނަމާދު ކުރުމާ ގުޅޭގޮތުން ބޭއްވި މި ބައްދަލުވުމުގައި ޒުވާން ދިވެހި ހާފިޒުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މީގެއިތުރުން ޒުވާން ހާފިޒުން އިތުރުވަމުންދާކަން ފާހަގަކުރައްވައި ޑރ.ޝަހީމްވަނީ ހާފިޒުންގެ އެސޯސިއޭޝަނެއް އުފެއްދެވުމުގެ ޚިޔާލު ދެއްވައިފައެވެ.

އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް އަދި ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީޙުނަމާދު ކުރުމަށް ޒުވާން ދިވެހި ހާފިޒުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރަމަޟާންމަހުގެ ކުރިން މުރާޖާ ކުލާހެއް ހިންގުމަށް ވެސް މި ބައްދަލުވުމުގައި ނިންމެވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!