ޚަބަރު

ޔުނާން އަލުން ބަންދުކޮށްދޭން އެދިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފިލްމީތަރި މުހައްމަދު ޔުނާން ޝަރުޠުތަކާއެކު ދޫކޮށްލި  ނަމަވެސް، އޭނާ ޝަރުތުތަކާއި ހިލާފަށް ބޭރުގައި އުޅޭތީ އަލުން ބަންދުކޮށްދޭން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)ން ހުޅުމާލެ ކޯޓުގައި އެދިއްޖެއެވެ.

Ads by MWSC

ހުޅުމާލޭ ކޯޓުން ޝަރުތުތަކާއެކު ޔުނާން ބަންދުން  ދޫކޮށްފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޔުނާން އަލުން ބަންދުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅީ، އޭނާ ބަންދުން ދޫކުރުމަށް އެއްބަސްވެފައިވާ ޝަރުތުތަކާ އޭނާ ޚިލާފްވެފައިވާތީ ކަމުގައެވެ.

އޭނާ ބަންދުން ދޫކުރިއިރު ކަނޑައަޅާފައިވާ ޝަރުތަކީ މެޑިކަލް ކަންކަމުގައި އެކަނި ބޭރަށް ދިއުމަށް އެއްބަސްވުމެވެ. އެހެންނަމަވެސް އޮފިޝަލް ވިދާޅުވީ އޭނާގެ މައްސަލަ ކޯޓަށް ހުށަހެޅީ އޭނާ އެހެންކަމުގައިވެސް ބޭރަށްދާތީ ކަމުގައެވެ.

ޔުނާން ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޔުނާނު ބަންދުން ދޫކޮށްލި މައްސަލަ މިމަހުގެ 19 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގައެވެ.

 

  1. ތިނޫން ފޮޓޮއެއް ލާން ނޭންގެނީތަ ހަމަ…ތި ސުރުހީވެސް .ރަނގަޅުކޮށްބަލަ..އެއްޗެއް ލިޔެވެނިކޮށް ހެޔޮދޯ

  2. ޝާކިރު

    ފޮޓޯލީމީހާތަ އަދިވެސް ގޯހީ ގަމާރު ކަމާއެވެ

  3. ފުރަތަމަ ތިޔަހަރަ ވަނާގަނޑު ނިވާ ކޮށްބަލަ

  4. ހެހެހެހެ