މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އައްޑުއާއި ފުވައްމުލަކަށް އޮރެންޖް ސަމާލު ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެން ބޮޑުވާނެކަމަށް ލަފާކޮށް ފުވައްމުލަކާއި އައްޑުއަށް މެޓް އޮފީހުން އޮރޭންޖް ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވީ ފުވައްމުލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދު 13:20 އިން 15:20 އަށް ގުރުރުމާއެކު ބޯކަށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާ ކުރެވޭނެކަމަށެވެ.
އަދި ކުރިއަށް އޮތް 3 ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.