ޚަބަރު

ބަލި މީހަކު ގޮވައިގެން ފުރި ސީއެމްބިއުލެންސް އެކްސިޑެންޓު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ނ. މާޅެންދޫއިން ބަލި މީހަކު ގޮވައިގެން އެއަތޮޅު މަނަދޫ އަށް ފުރި ސީއެމްބިއުލެންސެއް މާޅެންދޫ ނެރުގެ ފައިކައްޓަށް އަރައި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ފަތިހު 5:30 ހާއިރު ބަލިމީހަކު ގޮވައިގެން މާޅެންދޫ ނެރުން ނިކުންނަން އުޅެނިކޮށް ބާނި ބޮޑުވެޖެހި ރާޅަކާ އެކީ ނެރު ތޮށިގަނޑުގައި ޖެހި ލޯންޗެއްގެ ދަށުން ފަޅައިގެން އަޑިއަށް ގޮސްފައިވާ ކަމަށެވެ.

ހާދިސާ ހިނގިއިރު ސީ އެމްބިއުލެންސްގައި ހަތް މީހުން ދަތުރު ކުރި ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސީއެމްބިއުލެންސް މިހާރު ވަނީ މާޅެންދޫ ފަޅު ތެރެއަށް އަޑިއަށް ގޮސްފަ އެވެ. އަދި އަޑިއަށް ގޮސްފައިވާ ލޯންޗު ނެގުމުގެ މަސައްކަތް މިހާރު އެންއެމްޑީއެފްގެ ޑައިވަރުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!