ޚަބަރު

ރަޝިއާ އާއި އިންޑިއާ ގުޅިގެން އަސްކަރީ ސާމާނު އުފެއްދުމާ ގާތް - މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާއާއި އިންޑިއާ ގުޅިގެން އަސްކަރީ އާލާތްތައް އުފެއްދުމުގެ މަޝްވަރާތަކުގައި ހަރުދަނާ ކުރިއެރުންތަކެއް ލިބިފައިވާކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ލަވްރޯފް ވިދާޅުވީ މިފަދަ އެއްބާރުލުމަކީ ސްޓްރެޓެޖިކް ބާވަތެއްގެ އެއްބާރުލުމެއް ކަމަށާއި އެއީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށާއި އޭގެ ސަބަބުން ޔޫރޭޝިއަން ކޮންޓިނެންޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ އަސްކަރީ ހާޑްވެއާ ސަޕްލަޔަރުން ޑައިވާސިފައި ކުރުމަށް އިންޑިއާއިން އެދުމުން މޮސްކޯއިން އެކަމަށް އިހުތިރާމްކުރާ ކަމަށާއި އިންޑިއާއަށް ބޭނުންވާ ތަކެތި އިންޑިއާގައި އުފެއްދުމަށް ނިއު ދިއްލީއިން އެދޭ އެދުމަށް ތާއީދުކުރަން ވެސް މޮސްކޯ އޮތީ ތައްޔާރަށް ކަމަށެވެ.

ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޯވް ވިދާޅުވީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ބުދަ ދުވަހު ޖައިޝަންކަރާ ބައްދަލުކުރައްވާނެ ކަމަށެވެ.

ޖައިޝަންކަރު ވިދާޅުވީ ޕޫޓިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ އަހަރު ބައްދަލުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޖައިޝަންކަރު ވިދާޅުވީ ޔޫކްރޭނާއި ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތަކާ ބެހޭގޮތުން އެމަނިކުފާނާއި ލަވްރޯފް މަޝްވަރާ ކުރެއްވި ކަމަށެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން 2022 ވަނަ އަހަރު ހުޅަނގުން މޮސްކޯއާ ދެކޮޅަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްފަހު ރަޝިޔާގެ އިގްތިސާދީ މައި އެއް ބައިވެރިއަކަށް އިންޑިއާ ވެއްޖެ އެވެ.

ރަޝިޔާއިން ތެޔޮ އެކްސްޕޯޓްކުރާ ގިނަ ބައިތައް އިންޑިއާއަށް ބަދަލުކޮށް، ބްރިކްސް ގްރޫޕް އޮފް ނޭޝަންސްގެ ތެރޭގައި ޑިޕްލޮމަސީ ވަރުގަދަކޮށްފައިވާ އިރު، އެ ޖަމާއަތުގެ ފައުންޑިން މެމްބަރަކީ ދެ ގައުމެވެ.

ޖައިޝަންކަރު ވިދާޅުވި ގޮތުގައި އިންޑިއާ-ރަޝިއާގެ ވިޔަފާރީގެ އަގު މި އަހަރު 50 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

އޭނާ ވިދާޅުވީ ރަޝިއާއާއެކު ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް ހެދުމުގެ އިތުރުން މޮސްކޯއިސްވެ ހުންނަވާ ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަންއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިއު ދިއްލީން ޝައުގުވެރިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!