ޚަބަރު

ކޮންގްރެސް ޕާޓީން 40,000 މީހުން ހަމަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕީއެންސީގެ މެންބަރުންގެ ޢަދަދު 40 ހާހުން މައްޗަށް އަރާފައިވާކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

Ads by MWSC

ދިވެހީންގެ ރާއްޖެ ފެށުން ނަމުގައި ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބާ ކުރިމަތިލީއިރު އެޕާޓިގެ މެންބަރުންގެ ޢަދަދަކީ 3022 ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްފަހު މިހާތަނަށް އެޕާޓިގެ މެންބަރުންގެ ޢަދަދު 40،000އިން މައްޗަށް އަރާފައިވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަންގައިދެނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ރައްޔިތުން ބަލައިގަނެ ކުރިއަށްދާން ތައްޔާރަށްކަންކަމަށެވެ. އަދި ދިވެހީންގެ ރާއްޖެ ބިނާކުރަން ދިވެހީން ތިބީ ތައްޔާރަށްކަން މިކަމުން ދައްކުވައިދޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!