ޚަބަރު

އިސް ރަށްވެހިންގެ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުޖުތަމައުގައި އިސް ރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި، އިޖުތިމާއީ ކަންކަމުގައި އިސް ރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު، އިސް ރަށްވެހިންގެ ސިއްހީ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގެ ގޮތުން އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. 

Ads by Hajj Corporation

މި އަމާޒަށް ވާސިލްވުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވާނީ މާލޭސީޓީގައި އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަރުކަޒު ޤާއިމްކުރުމަށް ނިންމާފައިވަނީ ޤުރުއާނާއި ބެހޭ މަރުކަޒު ކުރިން ހިންގަމުން އައި އިމާރާތުގައެވެ. 

އެގޮތުން އެތަނުގައި އިޖުތިމާއީ މަރުކަޒެއް ހެދުމަށް އިމާރާތުގެ އާބާތުރަފިލުވައި އިސް ރަށްވެހިންނަށް ޚިދުމަތްދެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީކުރުމަށް ތަނުގެ އިންޓީރިއާ ފަރުމާކުރުމާއި، ތަނަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ ކަންކަން ހަމަޖެއްސުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ 2023 ޑިސެމްބަރު 25 ގައި ޕެންޝަން އޮފީހާއެކު އެގްރިމެންޓުގައި ސޮއިކޮށްފަ އެވެ. 

މި އިމާރާތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޤައުމީ ދިފާއީ ބާރުގެ ވެލްފެއާ ކުންފުނި ސިވެކްއާއި ހަވާލުކޮށްގެންނެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި 2023 ޑިސެންބަރު 26 ވަނަ ދުވަހު މި ވުޒާރާއިން ވަނީ ސިވެކްއާއިއެކު ސޮއިކޮށްފައެވެ. މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފެށުމަށް ނިންމަވާފައިވާ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަށް ބިނާކުރުމުގެ މަޝްރޫއުގެ ދަށުން ޤާއިމްކުރާ ފުރަތަމަ މަރުކަޒެވެ. 

މާލޭގެ އިތުރުން ހުޅުމާލެއާއި އަތޮޅުތެރޭގައި ވެސް މިފަދަ މަރުކަޒުތައް ޤާއިމްކުރުމަށްޓަކައި މިނިސްޓްރީން ދަނީ ކަމާ ގުޅުންހުރި އިދާރާތަކާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންނެވެ.  މިގޮތުން ހުޅުމާލޭގައި އިސްރަށްވެހިންގެ މަރުކަޒެއް އެއް ޤާއިމްކުރުމާއި ގުޅޭގޮތުން އާބަންކޯ އާއި އެކު މިވުޒާރާގެ ފަރާތުން 2023 ޑިސެންބަރު 26 ވަނަ ދުވަހު ބައްދަލުކޮށްފައިވެއެވެ. މީގެއިތުރުން ރަށްރަށުގައި މިފަދަ މަރުކަޒުތަށް ޤާއިމްކުރުމަށް ހިއްވަރުދީ ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން ހުރިހާ އަތޮޅުތަކެއްގެ ކައުންސިލްތަކާއި ސިޓީ ކައުންސިލް ތާކާއެކު އޮންލައިން ބައްދަލުވުންތަށް ބާއްވާ މި މަޝްރޫއާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މި ބައްދަލުވުންތަކަށް ފަހު ފ. ނިލަންދޫގައި މިފަދަ މަރުކަޒެއް ގާއިމްކުރުމަށް ނިލަންދޫ ކައުންސިލާއި މަޝްވަރާކުރެވި، ތަނެއް ފާސްކުރެވި، ސައިޓް އިންސްޕެކްޝަން ވަނީ ހަދާ ނިންމިފައެވެ. އަދި ނ އަތޮޅާއި އއ އަތޮޅުގައި ވެސް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތަކެއް ޤާއިމްކުރުމުގެ މަސައްކަތް މިވުޒާރާއިން އަންނަނީ ކުރަމުންނެވެ.

 މި މަރުކަޒުތަކުގެ އަމަލީ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމުން މިތަންތަން ވެގެންދާނީ އިސްރަށްވެހިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށްޓަކައި އިސްރަށްވެހިންނަށް ބޭނުންވާ ކަންކަން ހިމަނައިގެން ޚާއްސަ ޕްރޮގްރާމުތަކެއް ވެސް ހިންގާ، އެފަދަ ޚިދުމަތްތަކެއް ފޯރުކޮށްދޭ މަރުކަޒުތަކެއް ކަމަށެވެ.

ހަމަ އެއާއެކު މިތަނުން ދެވޭ ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ތަންތަނުގެ ޚިދުމަތް އިސް ރަށްވެހިންނަށް ފޯރުކޮށްދިނުމަށްޓަކައި އެންސްޕާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ފަދަ ގުޅިންހުރި އިދާރާތަކާއި އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި އެކު މަޝްވަރާކޮށް ގުޅިގެން ހިންގޭނެ ޕްރޮގްރާމުތައް ދެނެގަނެ އެކްޓިވިޓީ ކަލަންޑަރެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީން އަންނަނީ ކުރަމުން ނެވެ. 

  1. ވަގުންނޭ

    ލަންކާގެ ސީއެމްސީ ކުންފުނިން ހުޅުމާލޭ ފޭސް ތިނެއްގެ ދެވަނަ ބައި ހިއްކަން ބޭނުންކުރަނީ އެމްޓީސީސީން ކުއްޔަށް ގެނެސްފައިވާ ޑްރެޖަރުން އަދި ބޮޑެތި ވެހިކަލްސް ތަކަށް ވެސް ބޭނުން ކުރަނީ އެމްޓީސީސީގެ ވެހިކަލްސް ތަައް މީ ކުރީ ސަރުކާރުން ވައްކަން ކުރަން ވެގެން އެމެން ކުރާ ވައްކަމެކޭ އެވައްކަމޭ މިސަރުކާރުން ވެސް ކުރަނީ މިކުރާ ވައްކަމުން ލިބޭ ފައިސާ އިންނޭ މަޖްލީހުގެ 13 މެމްބަރުން މީހަކަށް 10 މިލިއަން ޑޮލަރު ދީފައި މުއިއްޒު ގަނެގެން އުޅެނީ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ

  2. ރަސްވަގުންނޭ

    ލަންކާގެ ސީއެމްސީ އާައި އެކު ސަރުކާރުން ހުޅުމާލެ ހިއްކަން އަދި ފުށިދިއްގަރު ފަޅު ހިއްކަން ހަދާފައިވާ އެއްބަސްވުން ހާމަކުރާށޭ ވަގުންނޭ އައިވިލް ޓޭކް އެވްރީ ސިންގަލް ޕީސް އޮފް ކެރެކްޓަރ އެނަލައިޒްޑް ހާމަކުރާށޭ އެއްބަސްވުން ވަގުންނާ ލަންކާގެ ވަގުންނާއި ގުޅިގެން ރާއްޖެ ދެވަނަ ފަލަސްތީނަށް ބަދަލު ކޮށްލަނީއޭ ވަގުންނޭ މިހާރު ވެރިކަމުގައި މިތިބީ ރަސްމާލެ ވަގުންނޭ ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު ރަސްވަގު ސަރުކާރު

  3. What i do not realize is in fact how you are no longer actually much more wellfavored than you might be right now Youre very intelligent You recognize thus considerably in relation to this topic made me in my view believe it from numerous numerous angles Its like men and women are not fascinated until it is one thing to do with Lady gaga Your own stuffs excellent All the time handle it up