ޚަބަރު

ވިއްސާރައިގައި ފަސް ރަށަކަށް އެކި ވަރުގެ ގެއްލުން!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފަސް ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ އޮތޯރިޓީން ވިދާޅުވީ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އާއި ސ.މަރަދޫއިން ލިބިފައިވާ ކަމަށެވެ.

އެގޮތުން ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ ތިން ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއްވައެވެ.

އެންޑީއެމްއޭ އިން ވިދާޅުވީ ފެން ބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުންވެސް މާލޭގެ ބައެއްގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ އެހީތެރިކަމާއިއެކު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މުޅި ރާއްޖެ ސަރަހައްދަށް މިދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާއިރު މޫސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ މިއަދު 13 އަތޮޅަށް އެލާޓްވެސް ނެރެފައެވެ.

Ads by HDC
  1. ދިސްވޭ

    ފެނަކީ އަސާސީ ޚިދްމަތެކޭ ގުދުރަތުން މިދުނިޔެއަށް ދެއްވާފައިވާ ފެން ކަވަރުކުރަނީ ދުނިޔޭގެ %70 ސާރފޭސް އެކަމަކު އެއީ ދުނިޔޭގެ ޖުމްލަ ބަރުދަނުގެ %0.05 އަދި ދުނިޔޭގައިވާ ހުރިހާ ފެން އެއްކޮށްލުމުން އޭގެ އަދަދަކީ 1.386 ބިލިއަން ކިއުބިކް ކިލޯމީޓަރު މިއަދަދުގެ %97.5 އެއީ ލޮނުފެން އަދި %2.5 އެއީ ތާޒާ ފެން ދެން ހަމައެކަނި ފެނުގެ %0.03 އެއީ ބިމުގެ އަޑީގައިވާ ފެނުގެ ގޮތުގައި ހުރި އަދަދަކީ މީގެ ސަބަބުން ދުނިޔެ އަށް ދިރުން ލިބިގެން ދަނީ އަދު ދަނެގަންނަންވީ ވޯޓަރ ސައިކަލް މަސައްކަތް ކުރާގޮތޭ އެއަށް ކިޔާނެއޭ ހައިޑްރޮލޮޖިކް ސައިކަލް ވެސް އެއީ އަބަދުވެސް މެދުކެނޑުމެއް ނެތި 5 ގިންތި ތަކެއްގެ ދަށުން މަސައްކަތް ކުރާ ނިޒާމެކޭ އެއީ 1. އިވަޕޮރޭޝަން 2. ކޮންޑެންޒޭޝަން 3. ޕްރެސިޕިޓޭޝަން 4. ރަންއޮފް 5. ޕާރކޮލޭޝަން. ވޯޓަރ ސައިކަލް ފެށެނީ އެއީ އިވަޕޮރޭޝަން އިންނޭ އެއީ އިރުގެއަލީގެ ދޯދި އާއި ހަކަތައިގެ ސަބަބުން މޫދުގައި ހުންނަ ލޮނު ހޫނު ވެގެން މައްޗަށް އަރާ ދުނިޔޭގެ ހައިޑްރޮސްޕިއަރ އަށް ވުރެން މައްޗަށް އަރާ އެޓްމޮސްޕިއަރ އާއި ހަމައަށް ވާސިލް ވުމޭ އެއަށްފަހު ވޭޕަރ ގޭސް ގެ ޓެމްޕްރޭޗަރ ދަށްވެ ފެން ތިކި ތަކަށް ބަދަލުވެއޭ މިއަށް ކިޔަނީ ކޮންޑެންޒޭޝަންއޭ އެއަށްފަހު ފެންކުދި ތިކިތައް އެކުވެ އެބޮޑުވުުމުން އެބަދަލުވަނީ ވިލާތަކަށޭ ދެން ފެނުގެ ބަރުދަން ބޮޑުވެ ބަރުވުމުން ފެން ވިލާ ގަނޑުން ތިރިއަށް ބިމަށް އަނެއްކާ އެފެން ފައިބަނީއޭ މިއަށް ކިޔަނީ ޕްރެސިޕިޓޭޝަން ދެން އެއަށް ފަހު ފެން ބިމަށް ވެހުމުން ފެން ބިމުގެ ފަށަލައިން ބިމުގެ އަޑިއަށް ހިނދިގެން ދެއޭ މިއަށް ކިޔަނީ ރަންއޮފް ދެން މިފެން ބިމުގެ އެކި ފަށަލަ ތަކުން ފިލްޓަރ ވެގެން ބިމުގެ އަޑިއަށް ދަނީ މިއަށް ކިޔަނީ ޕާރކޮލޭޝަން. އަދު ރިވަރސް އޮސްމޯސިސް ފެން ޕްލާންޓް ބޭނުންކުރާ އިރު ހައި ޕްރެޝަރ ޕަންޕް އިން ލޮނު ފެން ފިއްތާލުމަށް ފަހު މެމްބްރޭންގެ ތެރެއަށް ދޫކޮށްލުމުން ފެންތިކި ލުއިވުމުން ލުއި ފެންތިކި މެމްބްރޭން ތެރޭން ފެނުގެ ގޮތުގައި އުފެދެނީ މިވެސް އެއީ ބިމަށް ފެންހިންދާ ތިއަރީ ބޭނުންކޮށްގެން ދުނިޔޭގެ އިންޖިނިއަރިންގް ކޮމިއުނިޓީން އުފެއްދި ތިއަރީ އަދު ސީވޯޓަރ ރިވަރސް އޮސްމޯސިސް ޓެކްނޮލޮޖީ މިވަނީ އިންސާނުންގެ ދިރިއުޅުމުގެ ބައިވެރިއަކަށް ހަދާފައޭ. މީ ވާރޭ ފެން ހެދޭ ގޮތުގެ ކުރު ތައާރަފް އެކޭ އެޕްލިކޭޝަން އޮފް ސައެންސް އެން އިންޖިނިއަރިންގް ޓެކްސް ފޮތުގައި މިއިތުރަށް ހިސާބު އިލްމާއި އެކު ބަޔާން ކޮށްދީފައިވާނެއޭ…

  2. ދަހޯކްސް

    ރައީސް އޮފީހުގެ ތަރުޖަމާނު ޝަހީބު ޚާރިޖީ ވުޒާރާ އަށް ބަދަލު ކުރަން ޖެހުމުން މަމެންނަށް ހައިރާން ކަން ލިބިގެން ނުދެއޭ އެގިގެންދާ އެއްޗަކީ ރާއްޖޭގެ ސަރުކާރުގެ މަތީފަޑީގައި ތިބި ގިނަ މީހުންނަކީ އެމެންނާއި ހަވާލު ކުރެވޭ މަސްއޫލިއްޔަތާއި ގުޅޭ ގޮތުން ރަނގަޅަށް ކިޔަވައިގެން ތިބެ އަދި އެކަމާއި ގުޅޭ ތަޖްރިބާ ލިބިފައިވާ ބައެއް ނޫން ކަމަށޭ އެއީ ނުފޫޒާއި އޮޅުވާލުން ބޭނުންކޮށްގެން ކަން އެމެން މަގާމް ތައް ހޯދަނީ ރާއްޖޭގައި ނެތޭ ފެންވަރުގެ ނޫސްވެރިއެއް ބުނީމާ ގަބޫލުކުރާށޭ މުޅިން އުޅެނީ ދަހޯކްސްއޭ އެއީ ކޮޕީ ޕޭސްޓް ކުރާ ޔާރާދިލްދާރާ އިންނޭ މުޅިން ވެސް އުޅެނީ ހިންދީ ރާގަށް ކޮޕީ ކޮށްފައި ހުންނަ ދިވެހިލަވަތަކާއި ފިލްމްސް ތައް ޓީވީއެމް އިން ގެނެސްދޭހާ ދުވަަހަކު ފޭކް މީހުން ރާއްޖޭން ހުސްނުވާނެއޭ އެއީ ވާނެ ކަމެއް ނޫނޭ ޔޫ ގޮޓާ ގޯ އެން ގެޓް އެންގްރީ އެޓް އޯލް އޮފް އަވަރ އޮޕީނިއަންސް ޔޫ ނޯ އައި ޓްރައި ބަޓް އައި ޑޯން ޓޫ ވެލް ޓު އެކްސެޕްޓް ދަ ހޯކްސް…