ނުރަސްމީ ދަތުރުފުޅެއްގައި ނަޝީދު އިނގިރޭސިވިލާތަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް މިއަދު ފުރާ ވަޑައިގެންފިއެވެ.
ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ.
ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވިއިރު މަޖިލީހުގެ މި ދައުރުގައި ބާކީ އޮތީ އެންމެ ޖަލްސާ އެކެވެ. އެ ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.
މަޖިލީހުގެ މި ދައުރު ނިންމައި އިއްޔެ ޗުއްޓީ އަށް ދާން މީގެ ކުރިން އޮތީ ނިންމާފައެވެ.
ނަމަވެސް އެންމެފަހުން ބޭއްވި މަޖިލީހުގެެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ދައުރު އަންނަ ހޯމަ ދުވަހާ ހަމައަށް އިތުރުކޮށްފިނަމަ 8 ބިލެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.