ޚަބަރު

މާލޭ ސިޓީ މޭޔަރު ޝިފާގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު ނަގަނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މާލޭ ސިޓީ މޭޔަރު ސިފާ މުހައްމަދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުން މިއަދަށް ތާވަލުކޮށްފިއެވެ.

Ads by STELCO

ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުޙައްމަދު ފަޒީނެވެ. މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފާސްވީ 9 މެންބަރުންގެ ވޯޓުންނެވެ.

އެ މައްސަލަ އަށް ޖަވާބުދާރީވުމަށް ޝިފާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ މިއަދު މެންދުރު 3:00 އަށް ވަނީ އެޖެންޑާކޮށްފައެވެ.

ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ކައުންސިލް ހިންގެވުމުގައި އިހުމާލުވެ ވަޑައިގެންފައިވާތީ ކަމަށް ބުނެއެވެ. ނަމަވެސް މި ތުހުމަތުތައް ސިފާ އަންނަނީ ދޮގު ކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!