ޚަބަރު

ކެނޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތަސް އިންތިހާބުގައި ބައިވެރިވެވޭނެ: އީސީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ އިންތިހާބުގައި ވާދަކުރެވޭނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އީސީގެ ނައިބު ރައީސް އިސްމައިލް ހަބީބް މިއަދު ވިދާޅުވީ އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ. މައްސަލައަކަށް ވާނީ، ސާބިތު ދަރަނީގެ ޙުކުމްގައި އޮންނަ މުއްދަތަށް، ޙުކުމާ އެއްގޮތަށް ފައިސާ ދައްކަވަމުން ނުގެންދަވާނަމަ ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް މިފަދައިން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މައްޗަައް ދަރަންޏެއް ސާބިތުވާކަމަށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމެއް އިއްޔެ ފެންމަތިވުމާއި ގުޅިގެންނެވެ.

ސިވިލް ކޯޓުން އާޒިމާގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައި ވަނީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަންގަވާފައިވާ ލޯނަކަށް ގަވާއިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށާއި ޑިމިނިޝިން މުޝަރަކާ (ޑީއެމް)ގެ ދަށުން ނަގާފައިވާ މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް ޖުމްލަ 4،156،355 ރުފިޔާ އަރާފައިވުމުން އެ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

  1. ވަގުންނޭ

    އެސްއީޒެޑް އަށް ސޯލަރ ޕްރޮޖެކްޓެއް ލިބިފައިވާއިރު ތިކަމަށްތިޔާ އުޅެނީ މާލެ ސަރަހައްދުން 100 ހެކްޓަރުގެ ފަޅެއް އެމެންނަށް ހިލޭދޭން ނޫންތޭ މިހާތަނަށް ރާއްޖޭގައި ޖަހާފައިވާ އެއްވެސް ސޯލަރ ޕެނަލަކުން އެންމެ ތެޔޮލީޓަރެއް ވެސް ސަލާމަތް ވެފައި ނެތޭ ނެތޭ ނެތޭ ސަރުކާރުގެ ކިބައިގައި ފިރިހެންވަންތަ ކަމެއް ހުރިނަމަ އަޅެ މިކަން ސާބިތުކޮށްދީބަލަ 2 ބިލިއަންޑޮލަރު 2006 އިން ފެށިގެން މިކަމަށް ޚަރަދުކޮށްފި މީ މުޅި ރާއްޖެއަށް ކަރަންޓްލާ ބާކީ ވެސްވާނެ ފައިސާއޭ