ޚަބަރު

ސަރުކާރު ރެޖިސްޓްރީކޮށްފައިވާ ތަނަކުން މެޑިކަލް ހަދަން ޖެހޭ ގޮތަށް ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން މެޑިކަލް ހައްދަން މާދަމާ އިން ފެށިގެން މަޖުބޫރު ކުރަން ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އިން ނިންމައިފި އެވެ.

Ads by STELCO

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 ފެތުރެމުން އައި ދުވަސްވަރު ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންގެ މެޑިކަލް ހެއްދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މެޑިކަލް އަކާ ނުލައި މިނިސްޓްރީ އިން ވޯކް ޕާމިޓް ދޫކުރަމުން އައި ކަމަށެވެ.

ނަމަވެސް މާދަމާ އިން ފެށިގެން ވޯކް ޕާމިޓް ދޫކުރާނީ އަދި ކުރިން ދޫކޮށްފައިވާ ފަރާތްތަކުގެ ޕާމިޓް މުއްދަތު އިތުރު ކުރާނީ މެޑިކަލް ރިޕޯޓް "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ހުށަހެޅުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދުން ފެށިގެން ވާކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ މީހަކަށް ވާކް ޕާމިޓް ދޫކުރެވޭނީ އަދި ވާކް ޕާމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރު ކުރުމަށް ވާކް ޕާމިޓް ފީ ދެއްކޭނީ މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށްފައިވާ އެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ ރިޕޯޓް ހުށަހެޅުމުން ކަމަށް ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އަދި ވާކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ މީހަކަށް 15 ދުވަހުގެ ތެރޭގައި ވާކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.  މިވަގުތު ވާކް ޕާމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ އެ މީހަކަށް މުއްދަތު އިތުރުކޮށް ރާއްޖެ އެތެރެ ވެވޭނީ ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެން ކަމަށް ވެސް ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓް ތަކުގައި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެން ޖެހޭނެ އެވެ.

މީގެ އިތުރުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވާކް ޕާމިޓަށް ބޭނުންވާ މެޑިކަލްއާ ނުލައި ވާކް ޕާމިޓް ދޫކޮށްފައިވާ މީހުންގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޖުލައި ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ އެވެ. މި މުއްދަތާއި ހަމައަށް ވާކް ޕާމިޓް މެޑިކަލް ހުށަހަޅާފައި ނުވާ މީހުންނަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.

ހޯމް ލޭންޑް މިނިސްޓްރީން ބުނީ މާދަމާ އިން ފެށިގެން ފުރައިގެންދާ މީހުންގެ ވާކް ޕަރމިޓް ކެންސަލް ކުރެވޭނީ ވާކް ޕާމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމަ ކަމަށާ މިމުއްދަތު ހަމަވެފައިވާނަމަ ވާކް ޕާމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

Ads by HDC
  1. ވަގުންނޭ

    ފުލުހުންގެ މުސާރަ ބޮޑުކުރާއިރު އެފައިސާ ހޯދަނީ ކޮންތާކުންތޭ ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެން ޚަރަދު ބޮޑުވެގެން މިދަނީ ރާއްޖެތެރޭގެ ރަށްރަށުގައި މިލިއަނުން ކެޕެކްސް ޚަރަދުކުރަނީ އެއީ ކުރާ ޚަރަދު ދެކޮޅު ޖެހޭތޯ ވެސް ނުބަލައޭ ދެން އަނެއް ކޮޅުން ފުށިދިއްގަރު ފަޅު ހިއްކަން ނަމުގައި ހުޅުމާލޭން ހިލޭ ބިންތަކެއް ލަންކާގެ ކަރުދާސް ކުންފުންނަކަށް ދިން އިރު ދިވެހި ވިޔާފާރިވެރިންނަށް އެބިންތައް ވިއްކާލަން ހުޅުވާލިނަމަ އެފައިސާ ލިބި ދިވެހިވިޔާފާރި ތައް ކުރިއެރީސްއޭ މުއިއްަޒު ކުރަނީ ވައްކަމޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ

  2. ބުރުނު

    ފެނޭ އެލީޓްމެޑިކަލްއައް އެކަނިދޭން އޭރުން މަނިކުފާނުގެ ކުލިނިކުން އެކްނި މެޑިކަލް ހެދޭނީ ހަހަ