ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރަން އަލުން ފަށައިފި
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ނުވާ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަލުން މި މަސައްކަތް ފަށާފައިވަނީ ގޯއްޗާއި ފްލެޓް ދޫކުރުމުގައި މައްސަލަތަކެއް ހުރުމުން މެދުކަނޑާލާފައި އޮތުމަށްފަހުއެވެ.
ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް މިހަފްތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.