ޚަބަރު

ވީއައިވޭ މަޝްރޫއަކީ 12 ބިލިއަން ޑޮލަރަށް ޖީޑީޕީ އިތުރުކުރުމަށް މުހިއްމު މަޝްރޫޢެއް: ސަޢީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 6 ބިލިއަނުން 12 ބިލިއަން ޑޮލަރަށް ޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅު ޙަގީގަތަކަށް ހެއްދެވުމަށް ވީއައިއޭ މަޝްރޫޢަކީ އެންމެ މުހިއްމު މަޝްރޫޢުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އަދި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ނާޒުކު ޙާލަތެއްގައި އޮތް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ އިޤްތިޞާދީ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ ލަފަޔާއެކު ޖައްސަވަފައިވާ ހިސާބެއްކަމަށެވެ.

މިގޮތުން 2003 ވަނަ އަހަރުން ފެށިގެން 2022 ހާއި ހަމައަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދެމެދު އޮތް ގުޅުމަށް ބަލާއިރު 95 އިންސައްތަ ރަނގަޅު ހިސާބެއްކަން ސަޢީދުވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ މަޝްވަރާތަކާއެކު ފައްޓަވާ މިމަޝްރޫޢުއަކީ ރާއްޖެއަށް އިންޤިލާބީ ބަދަލު ގެނުވާނެ މަޝްރޫޢެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

"ރައީސްގެ ވަޢުދުފުޅެއް ރާއްޖޭގެ ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަކީ. މިހާރު ގާތްގަނޑަކަށް 4 ޕަސެންޓްގެ ގްރޯތެއް އަޔަސް މިހިސާބުތަކުން ބުނެދެނީ 12 ބިލިއަނަށް ޖެއްސުމަށް ގާތްގަނޑަކަށް 4 ނުވަތަ 5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވެންޖެހޭކަން. އެކަންކުރުމަށް މިއީ މުހިއްމު މަޝްރޫޢެއް." އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ފަތުރުވެރިކަމާއި އޭވިއޭޝަން ސިނާޢަތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެބަހުރިކަމަށެވެ. އެގޮތުން އެއަރލައިންތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ވީއައިއޭއިން ފިއުލް ގަންނަންލިބޭ އަގު ބޮޑުވުމުގެ ކަންބޮޑުވުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން ފާހަގަކުރަމުންދިޔައީ ފަތުރުވެރިންގެ ނިސްބަތް އިތުރުވީނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ދަށްވުމުގެ ވާހަކަތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ރާއްޖެއިން މިމަސައްކަތް ނުފަށާ މަޑުޖައްސާލައިފިނަމަ، ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާއިރު އިޤްތިޞާދު އާރާސްތުކޮށް ފުޅާނުކުރާނަމަ ދައުލަތަށް ނުއުފުލޭނެ މާލީ ބުރައަކަށްވާނެކަމަށެވެ.

ސަޢީދުގެ ވަހަކަފުޅުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުއާއެކު އެއަރލައިންތަކަށް ދޫކުރާ ފިއުލްގެ އަގު ހެޔޮވެގެންދާނެކަމަށާއި، ރާއްޖެއިން ބޭރުކުރާ ކާގޯ އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވިޒިޓަރ ބޭސްޑް އިކޮނޮމީއެއް ކަށަވަރުވެގެންދާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. މިއާއެކު މިސަރަޙައްދުގައި ނެތްވަރުގެ ޓްރާންސިޓް ޕޮއިންޓަކަށް ވީއައިއޭ ވެގެންދާނެކަމަށާއި، މިކަން ކަށަވަރުކުރުމަށް އެހެން ޓްރާންސިޓް މަންޒިލްތަކަށް ނުލިބޭ ފައިދާ ރާއްޖެއަށް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

  1. ގޮދާ ހަސަނު

    މިހިރަ ސުރުޚީތައް ކިޔާލީމަ ދަނީ ބޯ ބުރާނތި އަރަިގެން.

  2. ޑިޒާއަރ

    ރާއްޖޭގައި އިމާރާތްކުރަން ބޭނުންވާ ގިނަ ތަކެތި ގެންނަނީ ޗައިނާއިން ދިމާވާ ބޮޑު މައްސަލަ އަކީ ރާއްޖެއަށް އެތަކެތި ގެންނަން ނަގާ މުއްދަތު މަދުވެގެން 45 ދުވަހަށްވުމޭ ޗައިނާ އިން ފުރައިގެން ސިންގަޕޯރގައި ޖައްސާ ސިންގަޕޯރ އިން ފުރައިގެން ލަންކާ ގައި ޖައްސާ ލަންކާ އިން ދެން ރާއްޖެއަށް އަންނަނީ މިކަން ހުއްޓުވޭނެއޭ ޗައިނާގެ ލައިޓް އިންޑަސްޓްރިއަލް ޕާރކް ހަދަން ތިޔާ 100 ހެކްޓަރުގެ ބިން ޗައިނާ އަށް 1000 މިލިއަން ޑޮލަރަށް 100 އަހަރަށް ކުއްޔަށް ދޭނީއޭ އެއިރުން މަހަކު ޖެހޭނީ 10 މިލިއަން ޑޮލަރު ދައްކަން ދެން މިގޮތް ނަކަލު ކޮށްގެން މާލެ ސަރަހައްދުގައި ހުރިއްޔާ ހުރިހާ ފަޅު ތައް ހިއްކާ ބްރިޖް ތަކުން ގުޅުވާލާނީއޭ މާލެ ސަރަހައްދު ތަރައްގީ ކޮށްގެން މެނުވީ ދައުލަތުގެ ބަޖެޓް އަރަނިވާނީ ރާއްޖެތެރެއަކުން މިކަން ނުވާނެއޭ މިކަން ރަނގަޅަށް ވަރަށް ގަދައަަށް މެދުކެނޑުމެއް ނެތި 5 އަހަރު ވިސްނުންތެރި ކަން ކުރިއަށް ނެރެގެން ޖައްސާށޭ އޯއް ޓްރައި ޓު އަންޑަރސްޓޭންޑް ދިސް ޖަސްޓް ސިމްޕްލީ ކޮންސިޑަރ އޮން ދިސްވޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަަވަރ ޑިޒާއަރ ގިވްއިޓް ވެން އައި ވޯންޓް އިޓް ޓޭކް އިޓް ހަޔަރ ލެވެލް ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް ސްޕިންގް ޑާންސް ޑާންސް ޑާންްސް ޑާންސް….

  3. ހަރާމްކޯރު

    ރަސްމާލެ އިން ހިއްކާ ބިން ތަކުން އެތައް ސަތޭކަ ހެކްޓަރެއް ލަންކާގެ ކަރުދާސް ކުންފުންނަކަށް ހިލޭ ދިންތާ ހަފްތާ އެއްތެރޭގައި މަޖްލީސް މެމްބަރުންގެ ތެރޭން އެމްޑީޕީ ނަމުގައި ހޮވިފައިވާ 23 މެމްބަރުން އެވަނީ ޕީއެންސީ އަށް ސޮއިކޮށްފައޭ މިއިން އެގިގެންދަނީ ރަސްމާލެ އަކީ އެއީ ސީދާ ކޮރަޕްޝަންގެ ކިއްލާ އެކޭ މިކަން އެންމެ ރަނގަޅަށް ރައްޔިތުންނަށް އިނގޭ ގޮތަށް މާލެ ސިޓީގެ މޭޔަރު ކަމަށްވާދަ ކުރާ މީހުންނަށް ރައްޔިތުންނަށް ބުނެނުދެވުނީ އެއީ އެމެންގެ ގައިގައި ތެދުވެރިކަން ނެތީއޭ ނެތީއޭ ނެތީއޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ މުއިއްޒު އެއީ ބޮޑު ގައްދާރެކޭ ބަތާހަރާމީއެކޭ ހަރާމްކޯރެކޭ