ޙައްޖު ކޮންފަރެންސްގައި ބައިވެރިވާން މިނިސްޓަރު ޝަހީމް ސައުދީއަށް
ހައްޖަށް މީހުން ގެންދިއުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ސައުދި އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެ ގައުމުގެ ދައުވަތަކަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސައުދީއަށް ފުރާވަޑައިގެންފިއެވެ.
ޝަހީމްގެ މިދަތުރުފުޅަކީ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށާއި ހައްޖު އަދި އުމްރާ ސާވިސް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ސައުދީގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޝަހީމްގެ މިދަތުރުފުޅުގައި އިސްލާމީ ބައެއް މުއައްސަސާތަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ގައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ދިވެހި ހައްޖުވެރިންނާއި އުމްރާ ވެރިންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާތީވެ އެކަމާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކާވެސް ޝަހީމްގެ މިދަތުރުފުޅުގައި މަޝްވަރާކުރައްވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ސާބިތު ދަރަނި ދައްކަން ޖެހޭ މީހުން ދަރަނި ނުދައްކާ އޮވެމެ އެފަދަ މީހުން ނަށް ރައީސް މީހާ ކެމްޕެއިން ކޮށް ދިނުން އެދެނީ ވަރަށް ނުބައި މެސެޖެއް ރައްޔިތުންނަށް ވެރިކަން ކުރާ ޕާރޓީން ވައްކަން ކުރާ މީހަކު ކުރިމަތިލިނަމަވެސް ރައީސް މީހާއަށް ރަނގަޅޭ ބަލަގަ މާލޭ ދަފްތަރު އުވާލީ މުއިއްޒު މޭޔަރު ކަމުގައި ވަގުތީ ގޮތުން އަދިވެސް އެކަން އިއާދަ ނުކުރޭ ދަފްތަރު މީހުން ވޯޓްދޭން ޖެހަެތޭ ތަމެންދައްކާ މީހަކަށް ދޭން ނުހެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ