ޚަބަރު

ޗައިނާ މީހުނަށް ދިވެހި ބަސް ދަސްކޮށްދިނުމަށް ޚާއްސަ ފޮތެއް ނެރެފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޗައިނާ މީހުންނަށް ދިވެހި ބަސް ދަސްކޮށްދިނުމަށް "ދިވެހި ބަސް" ފޮތުގެ ނަމުގައި ޚާއްސަ ފޮތެއް ނެރެފިއެވެ.

Ads by Hajj Corporation

މި ފޮތް ލިޔެފައި ވަނީ ޗައިނާގެ ލޭންގުއޭޖް އުނގަންނައިދޭ އެންމެ ބޮޑު ޔުނިވާސިޓީ، ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވާސިޓީގައި ދިވެހި ބަސް އުނގަންނައިދެމުން އަންނަ ފެންގް ފެންގް އެވެ.

ޗައިނާގެ ރައްޔިތުންނަށް ދިވެހި ބަސް ދަސްކޮށްދިނުމުގެ އަމާޒުގައި ނެރެފައިވާ މި ފޮތުގައި ދިވެހި ބަހާއި ޗައިނާ ބަސް ހިމަނާފައި ވެއެވެ.

މި ފޮތް ނެރުނުކަން ހާމަކޮށް ފެންގް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ފޮތާއެކު ޗައިނާގެ ގިނަ ބަޔަކަށް ދިވެހިންގެ ރީތި ބަސް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހަމަ އެހެންމެ މި ފޮތް ލިޔުމުގައި އެކި ގޮތްގޮތުން ފެންގް އަށް އެހީތެރިވެދިން ދިވެހި ރަހުމަތްތެރިންނަށްވެސް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ފެންގް ފެންގް އަންނަނީ 2013 ވަަނަ އަހަރުން ފެށިގެން ދިވެހި ބަސް ދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އޭނާ ވަނީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ދިވެހި ބަހުގެ ކޯހެއްވެސް ފުރިހަމަކޮށްފައެވެ.

ފެންގް ފެންގް ލިޔެފައިވާ "ދިވެހި ބަސް" މި ފޮތް މިހާރު އަލީ އެކްސްޕްރެސްއިންވެސް ލިބެން ހުންނާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!