ޚަބަރު

2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިރާސީ އާ އަަހަރުގެ ކިޔެވުން 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށާ ގޮތަށް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ފާސްކޮށްފިއެވެ.

Ads by Sosun Fihaara

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މި ނިންމުމުގައި 2025 ވަނަ އަހަރު ބޮޑު ޗުއްޓީ ލިބޭނެ ކަމަށެވެ.

އަދި 2026 ވަނަަ އަހަރުގެ އެކަޑަމިކް ކަލެންޑާ ފެށިގެން ދާނީ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި އެއީ މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

“ 2025 ވަނަ އަހަރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބިފަ 2026 ވަނަ އަހަރު ކުރީގެ ސިސްޓަމަށް ބަދަލުވެގެން ދާނީ. މިކަން ކުރެވިފައިވަނީ ކަމާބެހޭ ފަރާތްތަކާ  މަޝްވަރާކުރެވިގެން. ޗުއްޓީއަށް އަންނާނެ ޑޭޓްތައް ބެލެނިވެރިންނަށް ހިއްސާ ކުރާނެނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށާއި މިކަން މިގޮތަށް ނިންމާފައިވަނީ ކުދިންނަށްކިޔެވުމުގައި އެއްވެސް އަސަރެއް ނުކުރާނެ ގޮތަކަށް ބެލުމަށްފަހު ކަމަށެވެ.

  1. ތަމެންދޯ

    އިންޑިއާ މީހުން އިންޑިއާ ދެކެ ލޯބިވާ ވަރަށް ވުރެން ބޮޑަށް ޕީޕީއެމް މަރުދީގެން ގެނައި ވެރިކަމެއްގައި ޕީޕީއެމްގެ މެމްބަރުން ބޭނުންވާނެ ރާއްޖެދެކެ އެމެން މަރަށް ފުރާނައަށް ގުރުބާންވާނެއޭ އެކަމަކީ އެއީ މުއިއްޒު އަށް ވެސް އަދި ސަރުކާރަށް ވެސް ނުހުއްޓުވޭނެ ކަމެކޭ ދިވެހިންގެ ހިތުން އިންޑިއާ އާއި ލަންކާ އަޑީގައި ތިބެގެން ދިވެހިންގެ އިގްތިސާދު އަޅުވެތި ކުރަން އެމްޑީޕީ އަދި ދަ ޑިމޮކްރެޓުންނާއި ގުޅިގެން އެކަން ކުރާކަން އެއީ ހުރިހާ ދިވެހިން ދަންނަ ބޮޑު ސިއްރެކޭދޯ

  2. ޙާއްސަ

    ވަރަށް ރަނގަޅު ނިންމުމެއް. ވ ބޮޑަށް ޝުކުރިއްޔާ ރައީސްއަށް. ހެޔޮ ބަދަލެއް މިއީ