ޚަބަރު

ރާއްޖޭން އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށް, އިންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ.

Ads by Hajj Corporation

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އެކްޓާނަލް މިނިސްޓްރީއަށް ހާޒިރު ކުރަނީ ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު ރަސްމީ އެކައުންޓުން އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް މަލާމާތްކުރި މައްސަލައިގައި, ކަން ހިނގައިދިޔަ ގޮތް ރާއްޖޭގެ ފަރާތުން އޮޅުން ފިލުވައިދިނުމަށް ޓަކައެވެ.

ންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހެނދުނު ވަނީ ހާޒިރުކޮށްފައެވެ.

ގައުމުތަކުގެ ސަފީރުން ޚާރިޖީ ވުޒާރާއަށް ހާޒިރުކުރަނީ، ކުރިމަތިވާ ކަންކަމުގައި ނުރުހުން ފާޅުކުރުމަށާއި އެ ކަމުގައި އެ ގައުމުން ދެކޭ ގޮތުގެ ސީރިއަސްކަން ހާމަކުރާށެވެ.

އިންޑިއާގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް، މޯދީ ކުރެއްވި ޕޯސްޓަކާ އެކު ބައެއް ނައިބު ވަޒީރުން ހިމެނޭހެން ގިނަ ބަޔަކު ވަނީ މޯދީއާއި އިންޑިއާއަށް ފުރައްސާރަކޮށް ޕޯސްޓްކޮށްފައެވެ. އެގޮތަށް ޕޯސްޓް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުންނަށް ވަނީ ފިޔަވަޅު ވެސް އަޅާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!