ޚަބަރު

ހައި ކޮމިޝަނަރު ހާޒިރު ކުރީއެއް ނޫން, އެއީ ކުރިން ހަމަޖެހިފައިވާ ބައްދަލުވުމެއް: އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދުގެ ބައްދަލުވުމަށް ފަހު އިންޑިއާގެ ހައި ކޮމިޝަނަރ ފޮރިން މިނިސްޓްރީން ނިކުމެ ވަޑައިގަންނަވަނީ.. ދެން އިމޭޖްސް

ންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފިއެވެ.

Ads by STELCO

ހަައި ކޮމިޝަނުން މިއަދު ބުނެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް މިއަދު ވަޑައިގަތީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާ އެކު ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މެންދުރު 12:00 އަށް ހާޒިރުވާން އަންގާފައިވާ ކަމަށް މީގެ ކުރިން މީޑިއާތަކުން ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް ވެސް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހެނދުނު ވަނީ ހާޒިރުކޮށްފައެވެ.

މި ދެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން ވެސް މިހާތަނަށް ދެ ފަރާތުން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށްގެން ކަމަށްވުނެ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ ސަސްޕެންޑްކޮށްފައެވެ. އިންޑިއާއިން ދަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރުމަށް ގޮވާލާ ބޮޑު ކެންޕެއިނެއް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!