ފެން ބޮޑުވި ސަރަޙައްދުތަކުގެ ފެން ހިންދައި އާންމު ޙާލަތަށް ގެނެސްފި
![](https://dhen.mv/wp-content/uploads/2024/01/photo_2024-01-13-09.05.04-850x548.jpeg)
ވިއްސާރައިގެ ސަބަބުން ފެންބޮޑުވި މަގުތަކުން ފެން ހިއްކައި މާލެ އާންމު ހާލަތަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުން، ފަޔާ އެންޑް ރެސްކިޔު ސަރވިސް އިން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ސަރަހައްދުތައް އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.
އިއްޔެ ހެނދުނުން ފެށިގެން މާލެ އަށް ކުރި ވިއްސާރައިގައި 27449 ޓަނުގެ ފެން ވަނީ ޕަންޕު ބޭނުންކޮށްގެން ހިންދާފަ އެވެ. މި މަސައްކަތުގައި 23 ޕަންޕު ބޭނުންކުރި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން މި މަސައްކަތް ހުއްޓާލައި މާލެ އާންމު ހާލަތަށް ގެނެސްފައިވަނީ ފަތިހު އެވެ.
މާލެ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ގެއަކަށް ވަނީ ފެނުގެ އަސަރުކޮށްފަ އެވެ. އަދި އަށް ގެއަކުން 57 މީހަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ހިސާބުތަކަށް ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.