ޚަބަރު ސަރުކާރު

ތިން ކޮމިޓީއެއް އެކުލަވާލަން ހެލްތު މިނިސްޓްރީން އެދިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސިއްހީ ދާއިރާ ކުރިއެރުވުމަށް ސިއްހީ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކުގެ އިރުޝާދު ހޯދުމަށްޓަކައި، ތިން ކޮމިޓީއެއް އެކުލަވާލަން ހެލްތު މިނިސްޓްރީން އެދިއްޖެއެވެ.

Ads by STELCO

މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އެވެ.

ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ އަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމާއި އެ ދާއިރާ ކުރިއެރުވުމުގައި ތަޖުރިބާ ހުރި ފަރާތްތަކުގެ ލަފަ އާއި އިރުޝާދު ހޯދުމުގައި މިނިސްޓަރަށް ލަފާ ދޭ ތިން ކޮމިޓީއެއް އެކުލަވާލަން ހެލްތު މިނިސްޓްރީން ކަރުދާހެއް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ހެލްތު މިނިސްޓްރީން އެކުލަވާލަން ހުށަހަޅާފައިވާ ތިން ކޮމިޓީއަކީ، ހެލްތު އެޑްވައިޒަރީ ކޮމިޓީ، ޕަބްލިކް ހެލްތު އެޑްވައިޒަރީ ކޮމިޓީ، އަދި ކިިއުރޭޓިވް ހެލްތުކެއާގެ އެޑްވައިޒަރީ ކޮމިޓީ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!